ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ: ޑރ ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް އެއްޖިންސުން ގުލުން ހިންގަން ހިތްވަރުދޭތީ އެ ޖަމާއަތުގައި އިސްލާމީ ގައުމުތައް ބައިވެރިވެގެން ތިބުމާއި މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތު އުފެދިގެން އައި މަގްސަދާ ހިލާފުވަމުންދާއިރު ކޮމަންވެލްތުގެ ކުޑަ ދަށުގައި އިސްލާމީ ގައުމުތައް އޮންނާކަށް ނުޖެހޭނެ ކަމުގައެވެ.

ރާއްޖެ ވެސް ބައިވެރިވާ ކޮމަންވެލްތުގައި ރާއްޖެ ފަދަ އިސްލާމީ ގައުމުތައް ތިބުމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ޑރ ޝަހީމް ވިދާޅުވެފައިވަނީ އެލްޖީބީޓީ ނުވަތަ އެއްޖިންސުން ގުޅުން ހިންގުމުގެ ސަގާފަތް ޕްރޮމޯޓްކޮށް، އެކަން އިންސާނީ ހައްގެއްގެ ގޮތަށް ހަދައި އެފަދަ ހަރަކާތްތަކަށް ހިންގަން ހިތްވަރު ދިނުމުގެ ގތުން އިނގިރޭސިވިލާތުން ގައުމުތަކަށް 2،7 މިލިއަން ޕައުންޑް އެހީގެ ގޮތުގައި ދޭން ނިންމުމާ ގުޅިގެންނެވެ.

އެ އެހީގެ ވާހަކަ އިނގިރޭސި ސަރުކާރުން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފްތާގައި ރުވާންޑާގައި ކޮމަންވެލްތުގެ އެންމެ ފަހުގެ ބައްދަލުވުން ވެސް ބާއްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެންނެވިއެވެ.

އިނގިރޭސިވިލާތް ހިމެނޭ ޔޫރަޕަކީ ވިއްސާރަ ދުނީގެ ކުލަތަކާ އެކު އެއްޖިންސުން ގުޅުން ހިންގުމަށް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާ ތަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: