ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އެންބަސީގެ ނަމުގައި އެތެރެ ކުރި އުޅަނދެއް އަމިއްލަ ނަމުގައި ރަޖިސްޓަރީ ކުރި މައްސަލަ އޭސީސީއަށް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އެމްބަސީއަށް ކަސްޓަމްސް ސަރވސް އިން ޑިއުޓީ ފްރީކޮށް އެތެރެކުރި ސައިކަލެއް އަމިއްލަ ފަރާތެއްގެ
ނަމަށް ރަޖިސްޓަރީ ކޮށްދީގެން އެމައްސަލަ އިންޑިއާ އެމްބަސީ އިން ތަހުގީގު ކޮށްދިނުމަށް އެދުމުން އެކަމުގައި ބައިވެރިވާ ފަރާތްތަކަށް
އެއްވެސް ފިޔަވަޅެއް ނާޅައި އެމައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުފައި މި ސައިކަލް ރަޖިސްޓަރީ ކޮށްދިނުމުގައި ބައިވެރިވެފައި ވަނީ މިނިސްޓްރީގެ ލޭންޑް ސެކްޝަންގެ ހެޑް ރުޝޫނާ ރަޝާދު އާއި އަދި މިނިސްޓްރީ އޮފް ޓްރާންސްފޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޒުހައިރު އެވެ. ޒުހައިރު ރަޖިސްޓަރީ ކުރަނީ އިންޑިއާގެ ރައްޔިތެއްގެ ނަމުގައި ކަމަށް ވާތީ ޒންމާ ނަގާ ފަރާތެއްގެ ގޮތުން ސޮއިކޮށްފައެވެ. ރުޝޫނާ ވަނީ މި ސައިކަލުގެ ރަޖިސްޓަރީ އުސޫލުތަކާއި ހިލާފަށް ނިންމައި ރަޖިސްޓަރީގައި ސޮއިކުރުމަށް ފަހު ހިދުމަތް ރޯދި
ފަރާތަށް ދުވަހުން ދުވަހަށް ރެޖިސްޓަރި ދީފައެވެ.

ޑިއުޓީ ފްރީ ކޮން އެއްގަމު އުޅަނދު އެތެރެވެނީ ވަރަށް މަދު ހާލަތްތަކެއްގައެވެ. ޑިއުޓީ ފްރީ އުޅަނދެއްނަމަ އެ އުޅަނދު އެއްވެސް
އަމިއްލަ ފަރުދަކަށް ރަޖިސްޓަރ ކޮށްދިނުމަކި މަނާކަމެކެވެ. އަދި މިގޮތަށް ރަޖިސްޓަރީ ކުރާނަމަ އެ އުޅަނދެއް އެތެރެކުރި ލިޔުންތަށް އަލުން ކަސްޓަމްސްއަށް ހުށަހަޅައިގެން އިމްޕޯޓް ޑިއުޓީ ދައްކައިގެން ނޫނީ ރަޖިސްޓަރީގެ ކޮށްދިނުމުގެ ހިދުމަތެއް ދިނުމަކީ މަނާކަމެވެ.

އިންޑިއާ އެންބަސީ އިން އީމެއިލްގެ ޒަރިއްޔާއިން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އެންގި ގޮތުގައި މި މުއާމަލާތުގެ އެއްވެސް މައުލޫމާތެއް އެފަރާތަށް ލިބިފައެއް ނުވެއެވެ. އަދި ހިދުމަތް ހޯދި ފަރާތާއި މިކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުންވެސް ސައުދީއިން އިން ރާއްޖެއަށް ހަދިޔާ ކުރި ކާރެއް އަމިއްލަ ފަރާތެއްގެ ނަމަށް
ރަޖިސްޓަރީ ކުރި މައްސަލަ ބަލާ އެކަމުގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 32%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ސްޓޭޓް މިނިސްޓަރު ޒުހޭރު އަކީ މިބާވަތުގެ ޖަރީމާ ހިިންގާނެ ބޭފުޅެއް ނޫންް

  2. ތިޔައީ ޒުހައިރު އަށް ހައިކޮމިޝަން އިން ދި ްސައިކަލކައްވާނީ ރިސްވަތުގެ ގޮތުގައި.ހައިކޮމިޝަނުން ބޭނުން ކަމެއް ޒުހައިރު ނުކޮއްދެވުނީމަ ބަދަލު ހިފަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: