ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަށް އާމްދަނީ މެނޭޖް ކުރުމަށް ނޭގުމަކީ، މުސާރަ ބޮޑު ނުވާންވީ ސަބަބެއް ނޫން: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އާމްދަނީ މެނޭޖް ނުކުރެވުމަކީ ދިވެހި ފުލުހުންގެ މުސާރަ ބޮޑު ނުވާންޖެހޭ ސަބަބެއް ނޫންކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ މުސާރަ 30 އިންސައްތަ ބޮޑުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ގަރާރުގެ ބަހުސް މަރުހަލާގައ ޝިޔާމް ވިދާޅުވީ، މި ސަރުކާރަށް އާމްދަނީ މެނޭޖްކުރަން ނޭނގުން އެއީ މަސްވެރިން ގެއަށް ބޭނުންވާ އެހެން ޒަރޫރީ ސާމާނުތައް ނުގަނެ ތިބެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ޝިޔާމް ވިދާޅުވީ ސަރުކާރު ދަމަހައްޓަށް ބޭނުންވާތީ ނުވަތަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު 2023 ވަނަ އަހަރު އިތުރު ދައުރެއް ހޯދުމަށްޓަކައި ބޭނުންފުޅުވާ ވަކި ވަކި މުއައްސަސާތަކަށް މުސާރަ ބޮޑުކުރުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށެވެ.

ދިވެހި ފުލުހުންނާއި ދޭތެރޭގައި މި ސަރުކާރުގެ ގުޅުން ސަރުކާރަށް އައުމުގެ ކުރީގައި އާއި މިހާރުވެސް ވަރަށް ގޮސްކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ކުރީގައި އެމްޑީޕީގެ ވެރިކަން ނިމުނު ގޮތާއި ދޭތެރޭގައި އުފެދުނު ނުތަނަވަސް ކަމެއްގެ ތެރޭގައި ދިވެހި ފުލުހުންގެ މުއައްސަސާ އުވާލުމުގެ ވިސްނުމަކީވެސް އެމްޑީޕީގެ އޮތް ވިސްނުމެއްކަމަށެވެ.

އެހެއްކަމުން އެމްޑީޕީގެ ސަރުކާރެއްގައި ދިވެހި އެއްވެސް ފުލުހަކު އެބޭފުޅުންނަށް ރަނގަޅު ގޮތެއް ވޭދާނެކަމަށް އުއްމީދުވެސް ނުކުރައްވާކަމަށާއި، ވަކިން ހާއްސަކޮށް ޔުނީފޯމް އެޅި ދިވެހި ސަލާމަތީ ހިދުމަތްދޭ އެއްވެސް މުއައްސަސާއަކުވެސް އެބޭފުޅުންނާއިމެދު އެމްޑީޕީން ރަނގަޅު ކަމެއް ކޮށްދީފާނޭ ދެކޮވަޑައިނުގަންނަވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ފުލުހުންގެ ލީޑާޝިޕް ބުނާ ގޮތަކަށް ދިވެހިރާއްޖޭގައި ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުހުން އަމަލު ކުރަމުންދާކަމީ އެބޭފުޅުން ހިތާމަ ކުރާކަމެއްކަމަށާއި ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީން ދިވެހިންނަށް ލިބިދީފައިވާ އެތައް ބާރެއް މިފަދަ ގޮތަކަށް ނިގުޅައިގަންކަމުގެ ތުހުމަތު ޝިޔާމް ކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވެގެން އެމަނިކުފާނުގެ ޅިޔަނު ދިވެހި ރާއްޖޭގެ ފުލުހުންގެ މ،ުއައްސަސާގެ އެންމެ އިސް ބޭފުޅަކަށް ހުންނަވައިގެން ދެން ތިއްބަވާ އޮފިސަރުންނަށް ބިރު ދައްކަވައިގެން، ގާނޫނާއި ހިލާފު އަމުރުތައް ތަންފީޒް ކުރަމުންދާތައް ފެންނާތީ ހިތާމަ ކުރައްވަންކަމުގައި ޝިޔާމް ވިދާޅުވިއެވެ.

އެއްވެސް ދިވެހި ފުލުަހަކު ޖެހިލުންވެ ބިރުފުޅު ގަންނާނެކަމެއް ނެތްކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި ގަލުގައި އަޅުވާފައޮ އޮތް ފުލުހުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދެއްވާނަންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދައުރު އިތުރުކޮށްގެން ނަމަވެސް އަދުގެ ސަރުކާރުން ބޭނުންވި މުއައްސަސަާތަކަށް މުސާރަ ބޮޑުކުރި ފަދައިން ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާއަށްވެސް ބޮޑުކުރަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ގޮވާލާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލޭމެން ސަރުކާރުން މެނޭޖް ކުރަން އެންގުނީމަދޯ މުސާރަ ބޮޑުނުކުރީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: