ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަށް ރަނގަޅީ އަމީރު މޫނު ބުރުގާ އަޅައިގެން އުޅުނީމަ: ޖާބިރު

ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު...
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޒިންމާ އަދާނުކުރައްވާ ކަމަށާއި އަމީރު މޫނު ބުރުގާ އަޅައިގެން އުޅުއްވުން މާ ރަނގަޅު ވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު، އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގޮވާލައްވައި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމީރު އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި އޭގެ ސަބަަބުން ކަންކަމަށް ވަރަށް ދަތިވާ ކަމަށާއި އަދި އަމީރަށް ގުޅުއްވުމުން ފޯނަށް ވެސް ޖާވާބު ނުދެއްވާ ކަމަށާއި އަމީރު ހުންނަވާ ތަނެއް ވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. މިހެންކަމުން ޖާބިރު ވިދާޅުވީ އޭނާ ރަނގަޅަކީ މިހާރު [އަމީރު] މޫނު ބުރުގާ އަޅައިގެން އުޅުއްވިއްޔާކަމަށާއި ކައިރިން ޖެހިގެންދާ އިރު ވެސް އެއީ ފިނޭންސް މިނިސްޓަރުތޯ ބަލަން ބުރުގާ ހިއްލާލާ ހިސާބަށް ދިޔައީމަ އެބޭފުޅުން އެކަންވެސް ކުރާނަންކަމަށެވެ.

ޖާބިރު ވިދާޅުވީ ދުރު ދުރުން ނޫޅެ އަމީރު މަޖިލީހަށް ވަޑައިގެން ކަންކަން ސާާފުކޮށްދެއްވަަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އަމީރު ރަނގަޅަށް ޖަވާބު ދާރީ ނުވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްއާ ގުޅޭ މައުލޫމާތާއި ބެހޭގޮތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވައި އެ މައުލޫމާތު އެމްއެމްއޭއިން ސާފުކުރަން އަމީރު ވިދާޅުވި މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ މާލީ ކަންކަމަކީ އަމީރުއާ ހަވާލުވެވަޑައިގެންފައި ނުވާ ކަމެއް ކަމަށް ވިދާޅުނުވެވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ވެސް ދައުލަތުގެ މާލިއްޔަތާއި ބަޖެޓާއި ބެހޭ ކަންކަމާއި އާމްދަނީއާ ހަރަދާއި ބެހޭ ކަންކަން ފިނޭންސް މިނިސްޓްރީއާ މަތިކޮށްފައިވާ ކަމަށާއި އެހެންކަމުން އަމީރު ރަނގަޅަށް ޖަވާބު ދާރީ ވާާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: