ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމެއްގައި ކޯލިޝަނެއް ނުހެދޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަކީ ރިޔާސީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދައްކަވާފައިވާ ވާހަކަފުޅާއި ގުޅޭ ގޮތުން “އާސަކް ސްޕީކަރ” ޕްރޮގުރާމުގައި ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމުގައި ކޯޅިޝަން ހެދުމަކީ ރާއްޖޭގެ ގާނޫނުއަސާސީ ވެސް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ކޯޅިޝަން ހަދައިގެން ރިޔާސީ ނިޒާމެއްގައި ވެރިކަމަށް އައުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއް ޕާޓީއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބް ނުކުރެވޭނެ ކަމަށް ރައީސް ސާލިޙް ވިދާޅުވާ ސަބަބަކީ މާޒީގައި އެކަން އެގޮތަށް ހިނގާފައި އޮތުމުންނެވެ. އެގޮތުން މީގެކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގައި ވެސް ވެރިކަމަށް އައީ ކޯލިޝަން ހަދައިގެންކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށާއި އެގޮތުން ބަރުލަމާނީ ނިޒާމުގައި ކޯޅިޝަން ހަދަނީ އިންތިހާބު ނިމުމުން ސަރުކާރެއް ގާއިމް ކުރަންކަން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ރިޔާސީ ނިޒާމުގައި ކޯލިޝަނަކީ ދަންނަ އެއްޗެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރެސް އެއް ނުބާއްވާތާ ނުވަ މަސް ފަހުން މީޑިއާތަކާއި އެކު އޮތް ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ރައީސް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީ އިތުރު ދައުރަކަށް ހޮވި، ވެރިކަމަށް އައުން ކަމަށެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ވެރިކަމަށް ނާދެވޭނެކަމަށެވެ.

އެމްޑީޕީއިން އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ޗޮއިސްއަކީ އެމަނިކުފާނުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: