ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ވަނީ އެއްބަސްވުމާއި ހިލާފްވެފަ: ރައީސް ނަޝީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހް މަރުހަބާ ދަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރު އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގުރެސްއިން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ރިޔާސީ ޓިކެޓް ދިން އިރު ވެފައިވާ އެއްބަސްވުމާއި ރައީސް ސާލިޙް ހިލާފް ވެވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

“އާސްކް ސްޕީކަރ” ޕްރޮގުރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގުރެސްއަށް އާދެވުނުއިރު ވަކިކަހަލަ އެއްބަސް ތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ރައީސް ސާލިޙް ކަން ކުރެއްވީ އުކުޅަހުގައި ބޭއްވި ކޮންގުރެސްގައި އެއްބަސްވި ގޮތަށް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސާލިޙް އުކުޅަހުގެ އެއްބަސްވުމާއި ހިލާފްވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެއްބަސްވެފައި ވަނީ ކޮން ކަންތަކަކަށް ކަމެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިޙް އުކުޅަހުގައި ވެވަޑައިގެންނެވި އެއްބަސްވުމާއި ހިލާފްވެވަޑައިގެންފައި ވީނަމަވެސް އެމަނިކުފާންގެ ހިތްޕުޅުގައި ރައީސް ސާލިހުއަށް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށެވެ. ނަމަވެސް އެއްބަސް ވެވަޑައިގެންނެވި ގޮތަށް ރައީސް ސާލިޙް އަމަލު ކުރެއްވި ނަމަ ވަރަށް އުފާފުޅު ވީސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއްބަސްވެ ވަޑައިގެންނެވި ގޮތަށް ރައީސް ސާލިޙް އަމަލު ނުކުރެއްވި ނަމަވެސް ރައީސް ސާލިޙުއަކީ ބޭވަފާތެރިއެއް ކަމަށް ވިދާޅު ނުވާނެ ކަމަށެވެ. އަދި އެފަދަ ބަސްތަކުން މުހާތަބް ކޮށް ވާހަކަ ދެއްކުމަކީ އެމަނިކުފާން ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން 2018 ވަނަ އަހަރު އުކުޅަހުގައި ބޭއްވި ކޮންގުރެސްގައި ވެފައިވާ އެއްބަސްވުމާއި ރައީސް ސާލިޙް ހިލާފް ވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އުކުޅަހުގެ ކޮންގުރެސްގައި ރައީސް ސާލިހުއަށް ތާއިދު ކުރައްވާ ބޭފުޅުން ބަޣާވާތް ކުރެއްވި ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ ބޭފުޅުން ތުހުމަތު ކުރައްވައެވެ. ނަމަވެސް އެއީ ކޮން ބަޣާވާތެއް ކަމެއް މިހާތަނަށް ސާފްވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: