ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާއެއްގެ ތެރޭގައި 1100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް

ކޮވިޑު 19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަނީ ގޯސްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން 1100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ ކޮވިޑްގެ ހާލަތު ހުރި ގޮތުގެ ތަފާސް ހިސާބުތައް އާއްމު ކޮށްފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ ދެވަނަ ދުވަހާ ހަމައަށް މާލެއިން 391 މީހުންނާއި އެހެނިހެން ރަށްރަށުން 297 މީހުންނާއި ރިސޯޓް ތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން 446 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއީ އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު މަދު އަދަދެކެވެ. ކުރީ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 1202 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 182،720 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް 19 ގައި މިހާތަނަށް ރާއްޖެއިން ވަނީ 306 މީހުން ނިޔާވެފައެވެ.

މިހާތަނަށް މި ޖުލައި މަހުގެ ދެވަނަ ދުވަހާ ހަމައަށް  ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،918 މީހަކު ފުރިހަމަކޮށްފައިވާ އިރު 384،595 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް 159،638 މީހަކު ފުރިހަމަކޮށް 405 މީހަކު ވަނީ ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖަހާފަައި ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: