ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއެއް ނެތް މީހުންނަށް ހާއްސަ ސްކީމެއް ތައާރަފް ކުރަނީ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރ އަދި ވާލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ ފޯރ މޯލްޑިވްސް ފާރިސް ހަދާދް-ޒާރވޮސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް “އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ސްކީމެއް” ނުވަތަ ވަޒީފާއެއް ނެތް މީހުންނަށް ހާއްސަ ސްކީމެއް ތަރަފްކުރުމަށް ވޯލްޑްބޭންކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ “އެކްޓިވް ލޭބަރ މާރކެޓް ސާރވިސަސް” ގެ ހިދުމަތް ތައާރަފްކޮށް ފުޅާކުރުމަށް، “ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓަޑް ލޭބަރ ސާރވިސަސް (ސެއިލްސް) ޕްރޮޖްޖެކްޓް” ގެ ނަމުގައި ދިވެހި ސަރުކާރުން ކުރިއަަށްގެންދާ ޕްރޮޖެކްޓެކެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި ވާލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ވާލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ ފޯރ މޯލްޑިވްސް ފާރިސް ހަދާދް-ޒާރވޮސް އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ދަށުން އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމެއް ގާއިމުކުރާނެ ކަމަށެވެ. އަދި އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާ ގުޅުންހުރި ހިދުމަތްތަށް ނުވަތަ “އެމްޕްލޯއިމަންޓް ސާރވިސަސް” ގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވާލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެެއެވެ.

އެގޮތުން، މި ޕްރޮޖެކްޓްގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ގާއިމު ކޮށްފައިވާ ޖޮބް ސެންޓަރުގެ ހިދުމަތްތަށް އިތުރަށް ފުޅާކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ހިދުމަތްތައް ލިބޭނެގޮތް ހަމަޖެއްސުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖޮބް ސެންޓަރުތަކެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ޖޮބް ސެންޓަރުތައް މެދުވެރިކޮށް ‘އަޕްސްކިލިންގ އަދި ޓްރެއިނިންގ’ ގެ އެކިއެކި ފުރުސަތުތައް ހުޅުވާލައި، އަންއިމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމަށް ހުށަހަޅާ ފަރާތްތަކުން އަނބުރާ ވަޒީފާގެ މައިދާނަށް ނެރުމަށް ބޭނުންވާ އެހީތެރިކަންވެސް ޖޮބް ސެންޓަރު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއީ 24 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. ދިވެހި ފައިސާއިން ބަލަނީކަމުގައި ވަނީނަމަ އެއީ 370 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: