ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނަގައިގެން ތިކުރަނީ އިސްރާފު: ޑރ ޖަމީލު

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ އެއްވެސް ބާވަތެއްގެ ޓެކްސްއެއް އިތުރުކުރަންޖެހޭ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ފާޑު ވިދާޅުވެއްްޖެއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޑރ ޖަމީލް ވިދާޅުވީ ދަރަނި ނަގައިގެން ސަރުކާރުން މިހާތަނަށް މުޅިންވެސް ކުރީ އިސްރާފުކަމަށެވެ. ކުޑަކުރި ހަރަދެއް އޮތްތޯ ސުވާލު ކުރައްވައި ޑރ ޖަމީލް ވަނީ ރައްޔިތުން ދަރަނީގެ ދަންތުރައެއްގައި ޖައްސާކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް އޮޅުވާނުލައި ރައްޖިތުންގެ ޖީބަށް އަތް ބޭނުން ހުއްޓާލުމަށް ޖަމީލު ގޮވާލެއްވިއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެނިންމުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކެބިނެޓުގެ ވަޒީރުންނަށް އެމަނިކުފާން ވިދާޅުވާ ބަސްފުޅުތަކަކީ ހަގީގަތުގައި ރައީސް ސާލިހުގެ ސަބަބުން ވިދާޅުވާން ޖެހޭ ބަސްފުޅުތަކެއް ކަމަށާއި މިހާރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ކުރިމަތިވީ ރައީސް ސާލިހު ނޫން އިތުރު އެހެން އެއްވެސް މީހެއްގެ ސަބަބުން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސާލިހުގެ އެޖެންޑާގެ ދަށުން މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެއެވެ. އަދި ޕާޓީއާ މަޝްވަރާ ނުކޮށް ޓެކްސް ބޮޑު ކުރުމަށް ނިންމުމަށް ފަހު ދިމާވާ ކަންކަން ޕާޓީގެ ބޮލަށް ނުޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރަން ޖެހޭ ކަމީ އެމްޑީޕީގެ މެނިފެސްޓޯއަށް އެކީއެކަށް ރުޖޫއަވުން ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އާންމުންނާއި ސަރުކާރުގައި ހިއްސާވާ ބައެއް ފަރާތްތަކުންނާއި އިދިކޮޅު ޕާޓީތަކުންވެސް އަންނަނީ ސިޔާސީ މަގާމުތައް މަދުކުރަން ސަރުކާރަށް ގޮވާލަމުންނެވެ.

ދަރަނި އިތުރުވުމުގެ ސަބަބުން ރާއްޖެ ބަގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ދިނުމާއިއެކު ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެގެން ދިޔައީ، ދައުލަަތަށް ވަންނަ އާމްދަނީ އިތުރު ކުރާނެ ގޮތެއް ނުވަތަ އަމިއްލަ އުފެއްދުންތައް އިތުރުކުރާނެ ގޮތެއް ނުހޯދައި ފައިސާ ހަރަދު ކުރާ މިންވަރު މަތިވެގެންދާތީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: