ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަށް އިސްކަން ދީގެން ބީލަންތައް ކުރިއަށް ގެންދާނެ އުސޫލެއް ކަނޑައަޅައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އޮފީސްތަކުން އާންމުކޮށް އިޢުލާނުކޮށްގެން ކުރިޔަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވައިލައި އާންމު ކޮށްފިއެވެ.

މި އުސޫލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ފުޅާކުރުމާއި، އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިކޮށްދިނުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައްޔާއި، މަސައްކަތް ކުރުވާއިރު، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުމެވެ.

ހަމައެހެންމެ ދައުލަތުގެ އޮފީސްތަކުން، ތަކެއްޗާއި ޚިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ބީލަންވެރިންގެ ބައިވެރިވުން އިތުރުކުރު ކުރުމަކީ ވެސް މި އުސޫލުގެ މަގުސަދކެވެ. އަދި ދައުލަތުގެ އޮފީސްތަކުން، ތަކެއްޗާއި ޚިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ދިވެހިންނަށް އިސްކަންދިނުން. ވެސް މިއުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ މި އުސޫލުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ އިދާރާތަކުން ކުރިޔަށްގެންދާ ,ދެ މިލިޔަން ފަސްލައްކަ ރުފިޔާއާއި ފަސް މިލިޔަން ރުފިޔާއާ ދެމެދުގެ ޕްރޮކިއުމަންޓްތައް ހަވާލުކުރުމުގައި، ފާސްވި ބީލަންވެރިންގެ ތެރޭގައި އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭކަމުގައި ވާނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު ދިހައެއް އިންސައްތަ އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ ރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ހާލަތަށް ފެތޭ ބީލަމެއް ނެތް ނަމަ، ފާސްވި ބީލަންވެރިންގެ ތެރޭގައި އެ އަތޮޅަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭތޯ ބަލަންވާނެއެވެ. އެގޮތުން، އެ އަތޮޅަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު ފަހެއް އިންސައްތައަށް ވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެ އަތޮޅަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން އުސޫލުގައި ބުނެފައިވާ ގޮތުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭ ކަމުގައި ވާނަމަ، އެ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތުން ހުށަހެޅި ބީލަމުގެ އަގުގެ ފަރަގު ފަނަރަ އިންސައްތަ އަށްވުރެ ބޮޑުނުވާ ކަމުގައި ވާނަމަ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަން ޖެހޭނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: