ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓަރު ކޮޓަރިކޮޅު އޮތީ ކޮތަރު ބިސް އަޅާ މަކުނުވާ ފުރާފައި: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ކައިރިވަމުން އައުމާއި ގުޅިގެން، ސަރުކާރުގެ އިސްވެރިން، ކުރަން ބޭނުންވެ ނުކުރެވިފައިހުރި، ދަތުރުތަކެއް ކުރަމުންދާފަދަ މަންޒަރު ތަކެއް ފެންނަމުންދާކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އަދި ސަރުކާރުގެ އިސްވެރިންގެ މަގާމުތައް ފުރުއްވާ ބައެއް ބޭފުޅުންވެސް، ގައުމުން ބޭރަށް ދަތުރުތަކެއް ކުރައްވަމުންދިއުމާއި ގުޅިގެން، އެކަމަށް ފާޑުވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު އޮތީ ނަން ބޮޑެއް، އެކޮޅު ކޮޅުން ޖެހިފައި އޮންނަ ފަދައިންކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރު، އޮންނަނީ، ވާނެ އެއްޗެއް ވާން ދޫކޮށްލާފައިކަމަށް ދޭހަވެގެންދާ މޭރުމަކުން ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ، އިސްވެރިންކަމަށް ދައުވާ ކުރާ ފަރާތްތައް 2023 ކައިރިވާތީ، ނުކުރެވި ހުރި ދަތުރުތައްކޮށް، ހުސްކުރަމުންދާ މަންޒަރެއް ސިފަވެގެންދާކަމަށެވެ. އަދި ފޮރިން މިނިސްޓަރުގެ ކޮޓަރިކޮޅުވެސް އޮތީ، ކޮތަރު ބިސްއަޅައި، މަކުނުވާ ފުރާލައިފައިކަމަށާއި، ގައުމެއް ނެތްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހި ސަރުކާރުގެ އިސްވެރިން، ބޭރު ދުނިޔޭގެ ގައުމުތަކަށް ކުރަމުންދާ ދަތުރު ތަކަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ފާޑުވިދާޅުވި އިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހޭދަވާނެގޮތަކަށް ބޭރު ގައުމުތަކަށްވެސް ދަތުރުތައް ނުކުރާނެކަމަށް ބުނެ، މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ، ފިނޭންސް މިނިސްޓްރީގެ ފަރާތުން ދައުލަތުގެ ހުރިހާ އޮފީސްތަކަކަށް، އެނާ ސޮއި ކުރައްވާފައިވާ ސާކިއުލާއެއް ހިއްސާކުރައްވާފައިއެވެ.

5000 ރުފިޔާއަށްވުރެ އިތުރު ހަރަދެއް ހިންގާ ނަމަ، ބޭރުގައުމުތަކަށް ދަތުރެއްވެސް ނުކުރާނެކަމަށް ބުނެ، މިނިސްޓަރު އަމީރު ސޮއި ކުރައްވާފައިވާ ސާކިއުލާ ހިއްސާ ކުރެއްވުމަށްފަހު، އެނާ ޔޫރަޕަށް ފުރާ ވަޑައިގެންނެވިއެވެ. އަދި މިނިސްޓަރު އަމީރު ނޫނަސް އެހެނިހެން ވަޒީރުންވެސް ގިނަ ދަތުރުތަކެއް ކުރައްވާއިރު، ގައުމުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންނަނީ، ގިނަ އަދަދެއްގެ ދަތުރު ތަކެއް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބައެއް މީހުންނަށް ހީވޭ ތިމާއަކީ ވަރަށް މީހެކޭ. އެއީ ގޯހެއް. މަގުބޫލު މީހަކަށް ތިމާއަމިއްލައަށް ތިމާގެ މޮޅުވާހަކަ ދައްކާ މީހާއާމެދު އެހެން މީހުން ބަލާނީ ސޭކެއް ކަމަށް. މީ އެންމެ އާދައިގެ މީހާވެސް ދަންނަ ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: