ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަރަދުތައްވަނީ އިތުރު!

ފިނޭންސް މިނިސްޓަރު: އިބްރާހިމް އަމީރު/ ފޮޓޯ/ ކެެންޖީ ކަވާސޭ
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ މޭ މަހު، ދައުލަތުގެ ރިކަރެންޓް ހަރަދުތައް 23.7 އިންސައްތައަށް އިތުރުވެފައިވާކަމަށް، ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މޭ މަހުގެ ތެރޭގައި މާލިއްޔަތަށް އައިސްފައިވާ ބަދަލުތައް ބަޔާންކޮށް ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، 2021 ވަނަ އަހަރުގެ މޭ މަހާއި، އަޅާ ބަލާއިރު، 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި، ސަބްސީޑީ އަދި ގްރޭންޓުތައް ދިނުމުގެ ސަބަބުން، ދައުލަތުގެ ރިކަރެންޓު ހަރަދުތައްވަނީ، 23.7 އިންސައްތައަށް އިތުރުވެފައިއެވެ.

ދައުލަތުގެ ހަރަދުތައް ބަޔާންކޮށް، ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ، އެޑްމިނިސްޓްރޭޓިވް އެންޑް އޮޕަރޭޝަނަލް އެކްސްޕެންސަސްއަށެވެ. އެ ގޮތުން އެކަމަށް ހަރަދުކޮށްފައިވަނީ ޖުމުލަ އަދަދުގެ 46.7 އިންސައްތައެވެ. މޭ މަހުގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިންގާފައިވަނީ، މަހު މުސާރަ، ދުވަހުގެ މުސާރައަށާއި، ޕެންޝަންތަކަށެވެ. އެ ކަމަށް މޭ މަހު ހިންގާފައިވަނީ، ޖުމުލަ ހަރަދުގެ 32.7 އިންސައްތައެވެ.

ފިނޭންސް މިނިސްޓްރީން މޭ މަހުގެ ތަފާސް ހިސާބުތައް ބަޔާންކޮށް ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ދައުލަތުގެ ޖުމުލަ ރިކަރެންޓް އަދި ކެޕިޓަލް ހަރަދުތަކުގެ ގޮތަށް ހޭދަވެފައިވަނީ 2.8 ބިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެކެވެ. އެގޮތުން ރިކަރެންޓު ހަރަދުތަކަށް 2.24 ބިލިއަންނާއި ގާތް އަދަދެއް ހޭދަކޮށްފައިވާއިރު، ސަކާރުގެ ފަރާތުން މުސާރައިގެ ގޮތަށް 909.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި މަހު މުސާރަ ދުވަހު މުސާރަ އަދި ޕެންޝަންސްކީމަށް ކުރާ ހަރަދުވެސް ހިމެނެއެވެ.

މޭ މަހުގެ ހަރަދުތައް ހިންގާފައިވާ ގޮތް ބަޔާންކޮށް ނެރިފައިވާ ރިޕޯޓުގައި ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކަމަށް ބަޔާންކޮށްފައިވަނީ، އެޑްމިނިސްޓްރޭޓިވް އެންޑް އޮޕަރޭޝަނަލް އެކްސްޕެންސަސްއަށެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް، ސަރުކާރުން ޖުމުލަކޮށް ހޭދަކޮށްފައިވަނީ، 1.3 ބިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެކެވެ. މީގެ ތެރެއިން 779.6 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭ ގްރޭންްޓްސް، އާސަންދަ، ސަބްސިޑީ އަދި އެހެނިހެން ކޮންޓްރިބިއުށަން ގޮތަށް ހޭދަކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ކުރާ ދަުތުރު ތަކަށް 20.3 މިލިއަން ހަރަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މޭ މަހުގެ ކެޕިޓަލް އެކްސްޕެންޑިޗާރވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ކެޕިޓަލް ހަރަދުގޮތަށް ޖުމުލަކޮށް، 543.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެތެރެއިން ފަރުނީޗަރު އަދި މެޝިނަރީ ފަދަ ތަކެތި ގަތުމަށް، 21.1 މިލިއަން ހަރަދުކޮށްފައިވެެއެވެ. އަދި ސަރުކާރުން ބޭނުން ކުރާ އުޅަނދުތަކަށްވެސް 8.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް ފާހަގަކޮށްލެއެވެ.

ދައުލަތުން މޭ މަހުގެ ތެރާގައި ކޮށްފައިވާ ހަރަދުތައް ބޮޑުވެފައިވާކަމަށް، ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ދާދި ފަހުން، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ، ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅުވައި، ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާޒް ކުރައްވާފައިއެވެ. އަދި، ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ ހަރަދު ކުޑަކުރުމަށް އަންގައި ނެރުއްވާފައިވާ ސާކިއުލާއެއްވެސް ވަނީ ސަރުކާރުގެ އިދާރާތަކާއި ހިއްސާ ކުރައްވާފައިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 30%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: