ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ރައީސްގެ އިސްތިއުފާގެ ހަބަރު އެގައުމުގެ މަޖިލިސް ރައީސްއަށްވުރެ ކުރިން ދިނީ ރާއްޖޭގެ މަޖިލީހުގެ ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާ ރަސްމީ ގޮތުން އެ ގައުމުގެ މަޖިލީހުގެ ރައީސް އިއުލާން ކުރެއްވުމުގެ ކުރިން ދިވެހި ރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމުން އެކަމަށް ލަންކާގެ ރައްޔިތުން ފާޑުކިޔައިފިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ރަސްމީގޮތުން ލަންކާގެ ކުރީގެ ރައީސް ގެ އިސްތިއުފާ ދެއްވިކަމަށް އެ ގައުމުގެ މަޖިލީހުންގެ ރައީސް ޔަޕަ އަބޭ ވަރުދަނާ ވިދާޅުވެފައިވަނީ 15 ޖުލައި ގައެވެ.

ލަންކާގެ ރައީސްކަމުން ގޮޓަބަޔާ އިސްތިއުފާ ދެއްވުމާއި ގުޅޭ ހަބަރު ރައީސް ނަޝީދު ހާމަކުރެއްވުމުން އެކަމާއި ދެކޮޅަށް ލަންކާގެ ރައްޔިތުން ފާޑު ކިޔައި ބުނީ ނަޝީދަކީ ލަންކާގެ މަޖިލިސްގެ ރައީސް ނޫން ކަމަށެވެ.

މީގެ އިތުރުން ބައެއް އާއްމު ރައްޔިތުން ރައީސް ނަޝީދުގެ އެވާހަކަތައް ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކޮށް އެމަނިކުފާނުގެ ސިކުނޑީގައި އުނިކަމެއް ހުރީތޯ ބުނެ ވަނީ ސުވާލު އުފައްދާފައެވެ.

އެހެން ގައުމު ތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ފާޑުކިޔާތީ މީގެ ކުރިން ވެސް ރައީސް ނަޝީދަށް ވަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުވެފައެވެ. އެގޮތުން ތިމާގެ އަމިއްލަ ގައުމުގެ ހާލަތު ރަނގަޅު ކުރުމުގެ ބަދަލުގައި އެހެން ގައުމެއްްގެ ކަންތައްތަކަށް ފާޑު ކިޔައި ގޮތް ކިޔަން ނޫޅުމަށް ލަންކާގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް އިލްތިމާސް ކުރައްވާފައެވެ.

ގޮޓަބަޔާ ވަނީ ފިލައިގެން ރާއްޖެ އައިސް ރާއްޖޭގެ ރައްޔިތުންގެ ނުރުހުމާއި ކުރިމަތިލާން ޖެހުމުން އެކަމުގެ ހިތާމައިގައި ވަގުވަގަށް އޮޅުވާލައިގެން ސައުދީ އެއަރލައިނުން ސިންގަޕޫރަށް ގޮސްފައެވެ. އަދި މިހާރު ގޮޓަބަޔާ ވަނީ އެގައުމުގައި ހުރެ އިސްތިއުފާދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: