ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ އައު ރައީސް ކަމަށް ވަގުތީ ރައީސް ރަނިލް އިންތިހާބުކޮށްފި!

ސްރީލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ އައުު ރައީސް ކަމަށް މިހާރުގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިހާބުކޮށްފިއެވެ.

ރަނިލް ރައީސް ކަމަށް އިންތިހާބުވީ ގާނޫނު ހަދާމަޖިލީހުގެ 134 ވޯޓުންނެވެ

އިންތިހާބުގައި ރަނިލްއާ ވާދަކުރި ޑުއްލަސް އަލަހައްޕެރުމައަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. އަނޫރަ ކުމާރަށް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ.

ސްރީލަންކާގެ އައު ރައީސަކު ހޮވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގުނު ސިއްރު ވޯޓްގައި 223 މެމްބަރުން ވަނީ ބައިވެރިވެ ވޯޓް ދީފައެވެ.

މި އިންތިހާބުގައި ސައްހަ ވޯޓްގެ ގޮތުގައި 219 ވޯޓް ލާފައިވާއިރު ބާތިލު ވޯޓްގެ ގޮތުގައި 4 ވޯޓެއް ހިމެނެއެވެ. އަދި އެއްވެސް ފަރާތަކަށް ވޯޓް ދިނުމަށް ބޭނުން ނުވާ ދެ މެމްބަރުން ހިމެނެއެވެ.

ރަނިލް ވެރިކަމުގައި ނުންނަވާނީ 2024 ވަނަ އަހަރު ނިމޭ ހިސާބަށެވެ. އެއީ ކުރީގެ ރައީށް ގޮޓަބަޔާ ރާޖަޕަޖްސަގެ ދައުރު ހަމަވާނީ  2024 ވަނަ އަހަރު ނިމޭ ހިސާބުގައި ކަމަށް ވާތީއެވެ.

ލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ އެމަގާމުން އިސްތިއުފާ ދީފައިވަނީ އެގައުމުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމާއި ގުޅިގެން ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: