ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ރައީސާއެކު ލަންކާ ރައްޔިތުންގެ ދަތިތައް ހައްލުވާނެ ކަމަށް އުންމީދު ކުރަން: ރައީސް ނަޝީދު!

ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ އާ ރައީސަކަށް  ބޮޑު ވަޒީރު ރަނިލް ވިކްރަމަހަސިންގް އައްޔަން ކުރުމާއެކު އެ ގައުމުގެ ރައްޔިތުންގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަނިލްއަށް މަރުހަބާ ދަންނަވައި ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަންކާ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި ދިވެހިން އަބަދުވެސް ތިބޭނީ ލަންކާ ރައްޔިތުންނާއެކުގައި ކަމަށެވެ.

އަވަށްޓެރި ސްރީލަންކާގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ގޮތަބަޔަ ރާޖަޕަކްސާ އިސްތިއުފާ ދެއްވީ ގައުމުން ފިއްލެވުމަށް ފަހުގަ އެވެ. ފިއްލަވަން ރާއްޖެ ވަޑައިގަތުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވިއިރު، އެކަމަށް ނަޝީދު އެހީތެރިވެދެއްވުމުން ނަޝީދަށް ވެސް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކުރެއްވި ފާޑުކިޔުންތަކުގައި، އެ މަނިކުފާނަށް ސްރީލަންކާއިން ވެދިން ހެޔޮވެސް ބަލައިގަނެފައިނުވާކަމަށް ދޭހަވާ މޭރުމަކުންވެސް ބައެއް ފަރާތްތަކުންވަނީ ސިފަ ކުރައްވާފައިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނާގޮތުން، ދެވަނަ ފަހަރަކަށް ސްރީލަންކާއިން އެ މަނިކުފާނު ހިމާޔަތް ހޯއްދުމާއިމެދު ރަނގަޅަށް ވިސްނަން ޖެހޭނެކަމަށެވެ. އަދި ރައީސް ނަޝީދުގެ ގިނަ ރައްޓެހިންވެސް ސްރީލަންކާގައި ތިބޭނެކަމަށް ފާހަގަކުރައްވާ ބުނެފައިވަނީ އެހެން ނަމަވެސް އެ މަނިކުފާނުވަނީ އެ ފަރާތްތަކަށްވެސް ހިޔާނާތްތެރިވެފައިކަމަށެވެ.

ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ އެނާގެ ފުރާނައަށް ނުރައްކާވެފައިވާ ހާލަތެއްގައި ނެތްނަމަ އިސްތިއުފާ ނުދެއްވާކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވުމާއި ގުޅިގެންވެސް އެ ކަމަށް ގިނަބައެއްގެ ފާޑުކިޔުންތައް ރައްދުވެ ގައުމުގެ މާލީ ހާލަތާއި އިގްތިސޯދު ފުންޑުފުނޑުވެގެންދިއުމުގެ ޒިންމާ އެޅެނީ ރައީސް ގޯޓަބަޔާގެ ބޮލުގައި ކަމަށް ފާހަގަކޮށް، އެކަމުގެ ސަބަބުން ތަހައްމަލު ކުރަންޖެހުން ތަދުމަޑުކަމާއި ފެތުރިގެންދިޔަ ބަލިމަޑުކަމުގެ ސަބަބުން މަރުވެގެންދިޔަ މީހުންގެ ފުރާނަތައް ކޮބައިތޯވެސް ބައެއް ފަރާތްތަކުން ރައީސް ނަޝީދާއި ވަނީ ސުވާލުކޮށްފައެވެ.

ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ އެގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ރައްޔިތުންގެ ކުރިމަތިވި ނުރުހުންތަކާއި ގުޅިގެން ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގެންފައިއެވެ. ގޯޓަބަޔާ ރާއްޖޭގައި ހުންނެވި އިރު، ދިވެހި ސަރުކާރުން ހަނުހުރެފައިވާއިރު، އެނާ ފުރާވަޑައިގަތުމުން ފޮރިން މިނިސްޓްރީންވަނީ ބަޔާނެއް ނެރި، ފިއްލަވައިގެން ރާއްޖެ ވަޑައިގަތް ރައީސް ގޯޓަބަޔާއަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވާކަމަށް ބުނެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: