ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ހާލަތު ރަނގަޅުވެދާނެކަމުގެ އިޝާރާތްތަކެއް

ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަނަރު ނަންދާލާލް ވީރަސިންގެ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގައި އަލަށް އެކުލަވާލެވުނު ސަރުކާރުން، ހަރުދަނާ އުސޫލުތަކެއްގެ މަތިން ގައުމުގެ ކަންކަން ހިންގައިފިނަމަ، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި، އިގްތިސޯދީ އަޑިގަނޑުން އަރައިގަނެވިދާނެކަމަށް، އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަނަރު ނަންދާލާލް ވީރަސިންގެ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ނަންދާލާލް ވިދާޅުވީ، ސިޔާސީ މަޝްރަހުގެ މައްޗަށް ފާޑުވިދާޅުވުމަކީ އެނާގެ ވަޒީފާގެ ހައިސިއްޔަތުން ކުރައްވާނެކަމެއް ނޫންނަމަވެސް، އެ ގައުމުގެ ކުރީގެ ރައީސް ގޯޓަބަޔާގެ ސަރުކާރުގެ ވިސްނުން ހުރިގޮތާއި، އެނާގެ ވިސްނުމާއި ތަފާތުކަމަށް ފާހަގަކުރައްވާކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ވިސްނުމަކީ، އެ ގައުމަށް ބޭރުގައުމުގެ މަލީ އެހީއަށް ބޭނުން ޖެހިފައިނުވާކަމުގެ ވިސްނުންކަމަށެވެ. އަދި ދަރަނިތައް ރިސްޓްރަކްޗާރ ކުރަން ނުޖެހޭކަމަށް ކުރީގެ ރައީސް ގޯޓަބަޔާގެ ސަރުކާރުން ދެކުނުކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުގެ ވިސްނުމާއި އެނާގެ ވިސްނުން ތަފާތު ކަމަށް ފާހަގަކުރައްވާ، ނަންދާލާލް ވިދާޅުވީ، އެނާ ގެންގުޅުއްވާ ވިސްނުމަކީ، މިހާރު އޮތް ހާލަތުން އަރައިގަތުމަށް އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ މާލީ ވުޒާރާތަކުގެ އެހީ ބޭނުންވާކަމުގެ ވިސްނުންކަމަށެވެ. އަދި އައިއެފް ފަދަ މާލީ ވުޒާރާތަކާއިއެކު، ކުރިއަށްގެންދާ މަޝްވަރާތަކާއިއެކު، އެއްބަސްވުމަކަށް އާދެވުމުން، އެ ގައުމުގެ ހާލަތު އަވަސް މުސްތަގުބަލެއްގައި ރަނގަޅުވެގެންދާނެކަމަށް އެނާ ޔަގީންކަން ދެއްވާކަމަށްވެސް ނަންދާލާލްވަނީ ފާހަގަކުރައްވާފައިއެވެ.

ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ސްރީލަންކާއަށް އިގްތިސޯދީ އަޑިގަނޑުން އަރައިގަނެވޭނެކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަނަރު ނަންދާލާލް ވީރަސިންގެ ވިދާޅުވެފައިވާއިރު، އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު(އައިއެމްއެފް)އިންވެސް ވަނީ ސްރީލަންކާގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ހާމަކޮށްފައިއެވެ.

ސްރީލަންކާގެ ވަގުތީ ރައީސްގެ މަގާމާއި ރަނިލް ވިކްރަމަސިންހެ ހަވާލުވުމުގެ ވަގުތު ކޮޅެއް ކުރިން މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރު ކްރިސްޓަލީނާ ޖޯރޖިއޭވާ ވިދާޅުވީ، އެ ގައުމުގައި ސަރުކާރެއް ގާއިމު ކުރެވިގެންދާހާ އަަވަހަކަށް، ހާލަތު ރަނގަޅުކުރުމަށް މަޝްވަރާތަކެއް ކުރުމަށް އެއިއެމްއެފްއިން ތައްޔާރަށް ތިބިކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި އެއްބަސްވުމެއް ގާއިމު ކުރެވޭނެކަމަށް އެނާ އުންމީދު ކުރައްވާކަމަށްވެސް ކްރިސްޓަލީނާވަނީ ފާހަގަކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: