ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ފުނޑުފުނޑުވީ، މަލްޓި ޕާޓީ ސިސްޓަމުގެ ސަބަބުން: ސްރީލަންކާގެ ރައީސް

ސްރީލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕާޓީއާއި، ވެރިކަން ކުރާ ޕާޓިއެއް އޮތުމުގެ ސިސްޓަމުގެ ސަބަބުން ގައުމު ފުނޑުފުނޑުވެގެންގޮސްފައިވާކަމަށް، ސްރީލަންކާގެ އަލަށް އައްޔަނުވެފައިވާ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންތަކެއް ނުކުމެ މުޒާހަރާތަކެއްކޮށް، ސްރީލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާއަށް އިސްތިއުފާދިނުމަށް މަޖުބޫރުކުރުވުމުގެ ސަބަބުން، ދައުރު ހަމަކުރެއްވުމަށް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ގައުމާއި ހަވާލުވާން ހުރި ޖީލުތަކުގެ ކަންބޮޑުވުންތަކާއި، އިހުސާސްތައް ބަލައިގަތުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެ ފަރާތްތަކުން ގެނައުމަށް ގޮވާލާ ބަދަލުތަކަކީވެސް ހެޔޮ ބަދަލުތަކެއްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ޒުވާން ޖީލުތަކުގެ ކަންބޮޑުވުންތައް ބަލައިގަނެ އެކަންކަމަށް ވިސްނައިގެން ކުރިއަށް ފިޔަވަޅުތަކެއް އެޅުން މިހުންމުކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ، އިހުޒަމާނުގައި އޮންނަ ފަދައިން، އިދިކޮޅު ޕާޓީއަކާއި، ވެރިކަން ކުރާ ޕާޓިއެއް އޮތުމުގެ ސިސްޓަމުގެ ސަބަބުން ގައުމު ހިނގައިގަތުމުގެ ބަދަލުގައި ވަނީ ފުންޑުފުނޑުވެފައިކަމަށެވެ.

މަލްޓި ޕާޓީ ސިސްޓަމެއް އޮތުމުގެ ސަބަބުން، ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގޮސްފައިވާކަމަށް ފާހަގަކުރައްވާ ރަނިލް ވިދާޅުވީ، ގައުމު ހިންގުމަށް ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ނުކުރެވެނީ ކީއްވެގެންތޯ، ޒުވާން ޖީލުތަކުން ސުވާލު ކުރަމުންދާކަމަށެވެ. އެހެންކަމުން، އެނާ ޒުވާނުންގެ އަޑުއައްސަވައި، އެގޮތުގެ މަތިން ހުރިހާ ސިޔާސީ ޕާޓިތަކާއި އެކު މަސައްކަތްކުރައްވާ ގައުމު އާރާސްތު ކުރައްވަން ގަސްތުކުރައްވާކަމަށްވެސް ރަނިލް ވަނީ މީޑިއާތަކާއި މުހާތަބް ކުރައްވާ ވިދާޅުވެފައިއެވެ.

މަލްޓިޕާޓީ ސިސްޓަމުގައި ތިބޭ ޕާޓިތަކުން އެކުގައި ގައުމު އާރާސްތުކުރުމަށް މަސައްކަތް ނުކުރެވެނީ ކީއްވެގެންތޯ ޒުވާން ޖީލުތަކުން ސުވާލު ކުރަމުންދާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ސްރީލަންކާގައި ހިންގަމުންދާ މުޒާހަރާތަކަށް އަލިއަޅުވައި ރަނިލް ވިިދާޅުވީ، ރައްޔިތުންގެ ހާލަތު ބަޔާން ކުރުމުގެ ނަމުގައި، ގޭގެ ރޯކުރުމާއި، ރިޔާސީ ގަނޑުވަރަށް އަރައިގަތުމަކީ ޑިމޮކްރެސީނޫންކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ރާއްޖެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ރުޅިވެރިކަމާއި ކުރިމަތި ނުލައްވަން ސިންގަޕޫރަށް ވަޑައިގެން އިސްތުއުފާދެއްވުމާއި ގުޅިގެން، އެގައުމުގެ ހާލަތު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގޮތުން ސްރީލަންކާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު ތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އައިއެމްއެފް އިން ހާމަކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: