ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޗެއާޕާސަން ނައިބަށް ފޯރިއެއް ނެތް! ފެންނަ ނުފެންނަ ވޯޓަކަށް!

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑިޕީ އެތެރޭގެ އިންތިޚާބުގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމަށް ކުރިމަތިލާން ހުޅުވާލުމުން ޕާޓީގެ މެންބަރުންގެ މާބޮޑު ތަރުޙީބެއް ނުލިބި ފެންނަ ނުފެންނަ ވޯޓެއް ދާން ޖެހިއްޖެއެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީއަށް ކުރިމަތިލީ މާލެ،މ.ބަނަފްސާވިލާ އިބްރާހިމް ވަހީދެވެ. އަދި ޗެއާޕާސަންގެ މާލީ ނައިބުކަމަށް ކުރިމަތިލީ ހއ.ތަކަންދ،ޫ އޯސަންވޭވް އަޙްމަދު ޢަބްދުﷲ އެވެ.

އެމްޑީޕީ ޗެއާޕާސަންގެ ނައިބުގެ މަޤާމަށް އެއްވެސް ވަރެއްގެ ފޯރިއެއްނެތަނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވުނު އިންތިޚާބު ވެގެންދިޔައީ އެމްޑީޕީގެ ތާރީޚުގައިވެސް ބޭއްވުނު އެއްމެ ފޯރިގަދަ އެއް އިންތިޚާބެވެ.

އެ އިންތިޚާބުގައި އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިގެންދިޔައެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފެކްޝަނާއި ރައީސް ނަޝީިދުގެ ފެކްޝަނެވެ، ރައީސް ޞާލިހު ހުންނެވީ އެ އިންތިޚާބުގައި ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލްއާއެކުއެވެ. އިމްތިޔާޒް ފަހުމީއާއެކު ހުންނެވީ ރައީސް ނަޝީދެވެ.

އެ އިންތިޚާބު ތެރޭގައި ދެ ފެކްޝަނުންވެސް ދިޔައީ ބަހުގެ ހަމަލާތަށް ދެމުންނެވެ. އަދި ފޯރިގަދަ ކެމްޕޭނަކަށް ފަހު އެ އިންތިޚާބު ކާމިޔާބުކުރީ ފައްޔާޒުއެވެ. އިންތިޚާބު ނިމުމާއެކު ރައީސް ނަޝީދުވަނީ ފައްޔާޒްއަށް މަރުހަބާ ވެސް ދަންނަވާފައެވެ. އަދި ނަޝީދު ވިދާޅުވީ އެއްމެ މުހިއްމު ވާނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުންކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: