ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރު ކުރަން އުޅޭކަން އެނގުމުން ނާޒިމް ސައްތާރު ފިލައިގެން ދިޔައީ ރިސޯޓަކަށް!

އެއްޖިންސުން ގުޅުން ހިންގި އަލްމަގިރި އާއި ނާޒިމް ސައްތާރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ހިމެނޭ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ރިސޯޓަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އަލަމްގިރި ނަމަކަށް ކިޔާ ބިދޭސީއަކާއި އެކު އެއް ޖިންސުން ގުޅުން ހިންގައި، ހަޑިމުޑުދާރު އަމަލު ހިންގާ ނާޒިމްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ، ނާޒިމަކީ ސޯޝަލް މީޑިއާގައި ސިޔާސީ އެކި ފަރާތްތަކަށާއި ގާނޫނީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބަވާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޒާތީ ގޮތުން ދިމާ ކުރައްވައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ޓްވީޓު ކުރައްވާ ބޭފުޅެކެވެ.

ވީޑިއޯ އާއްމުވުމުން ނާޒިމް ވަނީ، މިއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި މޭއި ހައެއްގެ ހަމަލާގެ ހަގީގަތް ހާމަ ކުރާތީކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލި މީހުންނަށް ވެސް ރައްދު ދިނެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރި މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ. އަދި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، އޭނާއާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ނާޒިމްގެ އިތުރުން، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުސް އޮފިސަރެއްގެ ޕާސްޕޯޓު ހިފަހައްޓައި ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މި ވީޑިއޯތައް އާއްމުވިތާ މަހެއް ވެފައިވާއިރު، މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލު ކުރީ އެއް ފަހަރު އެވެ. އަދި ފުލުހުން ވަނީ ނާޒިމް ރާއްޖެއިން ބޭރަށް ދަތުރު ކުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފަ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ފުލުހުން އޮޕަރޭޝަނެއް ފެށުމާއި އެކު ނާޒިމް ވަނީ ފުރައިގެން ރިސޯޓަކަށް ގޮސްފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިވަގުތު ދަނީ ކުރަމުންކަމަށް މައުލޫމާތު ލިބެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ލިވާތު ކުރުން ފަދަ ހަޑިމުޑުދާރު އަމަލު ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން އާއްމުން ދަނީ ގޮވާލަމުންނެވެ. އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، ފުލުހުންނާއި އަދި މަޝްހޫރު ބައެއް މީހުން ހިމެނެ އެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: