ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިފާ ނާޒިމްގެ ދިފާއުގައި: “ހަމައެކަނި އެކެއްގެ ވާހަކަ އެހާ ވަރަށް ފަތުރަނީ ކީއްވެ؟”

މާލޭސިޓީީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު. ފޮޓޯ: ޕީއެސްއެމް:
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ނާޒިމްގެ ދިފާއުގައި ނިކުންނެވިފަދަ ޓްވީޓެއް މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު ކުރައްވައިފިއެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮށްކޯފުޅު، މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން، ނާޒިމްގެ ދިފާއުގައި ނިކުތް ފަރާތްތަކުން އުފައްދަމުން އަންނަ ސުވާލަކީ އެތައް ބަޔަކަށް އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވިގެން އަންނައިރު ހަމައެކަނި ނާޒިމްގެ ވާހަކަ މިހާ ފުޅާ ދާއިރާއެއްގައި ދެކެވިގެން ދަނީ ކީއްވެގެންކަމާއިމެދުގައެވެ. 250 މީހަކު އަލަމްގިރި ނަމަކަށް ކިޔާ ބަނގްލަދޭޝްގެ ރައްޔިތަކާއިއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ މައުލޫމާތު އަންނަނީ ލިބެމުންނެވެ.

މިކަމާއި ގުޅިގެން ޓްވީޓެއްކުރައްވާ ޝިފާ ވަނީ 200 މީހުންގެ ވާހަކަ އެހިންކަމަށް ފާހަގަކޮށް އެ އަމަލުގައި ޝާމިލުވީ ފަރާތްތަށްވެސް ތިބޭނެކަމަށް ވިދާޅުވެފައެވެ. އެހެންކަމަށް ވާނަމަ ހަމައެކަނި އެކަކުގެ ވާހަކަ އެހާ ވަރަށް ފަތުރަނީ ކީއްވެގެންތޯ އައްސަވާ ޝިފާ ވަނީ މޯލްޑްވްސް ޕޮލިސް ސާވީސްއަށް ޓްވީޓުގައި ޓެގުކޮށްފައެވެ.

 

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރި މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ. އަދި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، އޭނާއާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުސް އޮފިސަރެއްގެ ޕާސްޕޯޓު ހިފަހައްޓައި ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފައެވެ.

ކާނަލް އާއި ފުލުސް އޮފިސަރުވެސް ފުލުހުންގެ ބަންދުގައި ހުރިއިރު، ނާޒިމް އަށް ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: