ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގައި ރައްޔިތުން އުފަލާއެކު އިންތިޚާބު ކުރާނެ ހަމައެކަނި ”ޗޮއިސް”އަކީ ރައީސް ޔާމީން: ޑރ ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

2023ގައި ރައްޔިތުން އުފަލާއެކު އިންތިޚާބު ކުރާނެ ހަމައެކަނި ”ޗޮއިސް”އަކީ ރައީސް އަބްދުﷲ ޔާމީންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެެވެ.

ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި 2023 ވަނަ އަހަރު ވާދަކުރާނެ ފަރާތަކީ ރައީސް އަބްދުﷲ ޔާމީންކަމަށް އިއުލާނުކުރެއްވުމާއެކު ޓުވީޓުކުރައްވާ ޖަމީލް ވިދާޅުވީ ރައްޔިތުނަށް ވަރަށް ބޮޑު ތަފާތެއް ފެނިގެން ހިނގައްޖެ ކަމަށެވެ. އެގޮތުން މިނިވަންކަން ވިއްކާނުލާނެ ކަމަށާއި ދީނުައި ހިފަހައްޓަވާނެކަމަށާއި ވިޝަނަރީ ތަރައްްީ ސާބިތުކޮށްދެއްވައިފިކަމަށް ޖަމީލް ގެ ޓުވީޓުގައި ވެއެވެ.

ރައިސް ޔާމީންއަކީ 2023 ގައި ރައްޔިތުން އުފަލާއެކު ބަލައިގަންނާނެ ،އުފަލާއެކު އިންތިޚާބުކުރާނެ ހަމައެކަނި ޗޮއިސްކަމަށްވެސް ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑެސީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގަބޫލުކުރެއްވީ ރޭގެ ވަގުތެއްގައެވެ. އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ ރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޓިކެޓު ގަބޫލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުމާއި އެކު އޭރު ބޭއްވި ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީނަށް ޓިކެޓު ދިނުމަށް ނިންމި އެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ނުވަތަ ނޫންކަން ރައީސް  ޔާމީން ހާމައެއް ނުކުރައްވަ އެވެ.

އަސާސީ ގަވައިދުގެ ދަށުން ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓުގައި ނިކުންނަވާނެ ބޭއްފުޅެއް ކަނޑައެޅުމުގެ ބާރު ސެނެޓަށް ލިބިގެން ވެއެވެ.

ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ދިނުމަށް ނިންމުމުން ގިނަ އަދަދެއްގެ އާއްމުން ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: