ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލައިގައި ޔާމީން އާއި ދެކޮޅަށް ހުށައެޅި ހެކީގައި ނުބައިތާރީހެއް !

ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ އާރަށް ކުއްޔަށްދޫކުރުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކިތާބީ ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލައެއް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ފާހަގަކުރެވިއްޖެއެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހާޒިރުކޮށްފައިވަނީ  އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުހެކެވެ. އެއީ ޗެކް ޖަމާކުރި ލިޔުމުގައި ލިޔެފައިވާ އަތު ލިޔުންތައް ތަހުލީލުކުރި ތަހުލީލުކުރި ފުލުސް އޮފިސަރެވެ.

ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ފުލުސް މީހާ ބުނިގޮތުގައި ލެބޯޓްރީއާ ހަމައަށް އެ ލިޔުންތައް ތަހުލީލު ކުރަން ގެނައީ ހުރިހާ އިޖްރައާތުތައް ފުރިހަމަވެގެންނެވެ. އަދި އެތަކެއްޗާ ހަވާލުވަނީ ވެސް ޗެއިން އޮފް ކަސްޓަޑީ (ހެކި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުން) ފުރިހަމަވާ ނަމަ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ޗެއިން އޮފް ކަސްޓަޑީގައި އެ ހެކި ހޯދި ކަމަށް ފުލުހުން ލިޔެފައި އޮތީ ނުބައި ތާރީޚެވެ. އެ ލިޔުމުގައި ހެކި ހޯދި ތާރީޚެއް ކަމަށް އޮތީ 23 އޮގަސްޓް 2026 އެވެ. އެކަން ޔާމީންގެ ވަކީލުން ފެންމަތި ކުރުމުން ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭ ކަމަށް އޭނާ އެއްބަސްވި އެވެ.

އޭނާ ބުނިގޮތުގައި އެކަމަކު ތަހުގީގު މަރުހަލާގައި އެކަން ފާހަގަވެފައެއް ނުވެ އެވެ.

ޗެއިން ދިމާ ނުވާއިރު، ތަހުލީލު ރިޕޯޓް ސައްހަވާނެތޯ ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނިގޮތުގައި ޗެއިންގައި މައްސަލައެއް އޮތަސް، ތަހުލީލުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ނެތް ކަމަށެވެ.

އެހެން ކަމުން  ތަހުލީލުން ލިބުނު ނަތީޖާ ސައްހަ ނޫން ކަމުގައި ބުނެވެން ނެތް ކަމަށާއި އޭނާ  ތަހުލީލުކޮށް ނެރުނު ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމުގައި ފުލުސް މީހާ ބުންޏެވެ.

ފުލުސް މީހާ ބުނީ އެ ލިޔުން ލެބޯޓްރީ ހަމައަށް އައިއިރު ހެކި އޮތީ ސީލްކޮށް، ބަންދުކޮށްފައި ކަމަށާއި އާއި އޭނާގެ ތަހުލީލުގެ ނަތީޖާއަށް ފަހު އޭނާގެ އިސްވެރިއަކު ވެސް އެ ތަހުލީލު އިތުރަށް ކަށަވަރު ކޮށްފައިވާ ކަމަށާއި އެހެން ކަމުން އެ ނަތީޖާ އަކީ ސައްހަ އެއްޗެއް ކަމުގައި ފުލުސް އޮފިސަރު ބުނެފައިވެއެވެ.

އެ މައްސަލަ ކުރިމަތިވުމުން އެ ޗެއިންއާ ގުޅޭގޮތުން ދައުލަތުން އިތުރަށް ސުވާލު ކުރަން މަސައްކަތްކުރިއެވެ. އެކަމަކު އެ ސުވާލުތައް ކުރުމުގެ ފުރުސަތު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދެއްވާފައެއް ނުވެއެވެ.

ފުލުސް މީހާ ބުނިގޮތުގައި ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތު ލިޔުން ދިމާވާ ކަމަށާއި ތަހުލީލުކުރި ލިޔުމުގައި އޮތް ސޮޔަކީ ވެސް ފަސޭހައިން ފޯޖް ކުރެވޭ ފަދަ ސޮޔެއް ނޫންކަމުގައި އޭނާ ބުނެފައިވެއެވެ.

އެކަމަކު އޭނާ ބުނިގޮތުގައި ސާމްޕަލްގައި ހުރީ ކާކުގެ ސޮޔެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ދައުރަކީ ސާމްޕަލް ލިޔުންތަކާއި ތަހުލީލުކުރި ލިޔުމުގެ އަތު ލިޔުން ދިމާވޭތޯ ބެލުން އެކަނި ކަމަށް އެ ލިޔުން ތަހުލީލު ކުރި ފުލުސް އޮފިސަރު ވަނީ ބުނެފައެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: