ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މީހަކު ދައުލަތުގެ މަގާމަކާއި ކައިރި ކުރަންވެސް ހެޔޮ ނުވާނެ: މަލީހު

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސަރުކާރުގެ އިސް މަގާމުތަކާއި ކައިރި ކުރާ ވަރުގެ މީހަކު އެމްޑީޕީގައި ނެތްކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ލޯޔަރު ނާޒިމް ސައްތާރާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓަކުވެސް އަލަމްގިރިއާއިއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ހާމަވެފައިވާ ދަނޑިވަޅެއްގައި އެޕާޓީގެ އާންމު މެމްބަރު އެކަމާއި ފާޑުކިޔައި ނުރުހުން ފާޅުކޮށް، ޕާޓީން ވަކިވަމުންދާކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، އެމްޑީޕީގެ މަތީ ފަޑީގައި ތިބި ބޭފުޅުންގެ އަހުލާގީ ފެންވަރު ފެނިގެންދިއުމާއި އެކު، އެ ޕާޓީގެ އާންމު މެމްބަރުން ބަސްހުއްޓިއްޖެކަމަށެވެ.

އެމްޑީޕީގެ އިސް ފަރާތްތަކުގެ އަހުލާގީ މިންގަނޑުތައް ހުރި ހިސާބު ފެނި، އެ ޕާޓީގެ އާންމު މެމްބަރުން ތިބީ ބަސް ހުއްޓިފައިކަމަށް ފާހަގަކުރައްވާ، މަލީހު ވިދާޅުވީ، އެމްޑީޕީގެ މަތީ ފަޑީގެ މެމްބަރުންގެ އަހުލާގީ މިިންގަނޑުތަކާއި މެދު ހިތްހަމަ ނުޖެހި، ޕާޓީން ކެނޑެމުންދާ މެމްބަރުންގެ އަދަދުތައް އިތުރުވެފައިވާކަމަށެވެ. އަދި ދައުލަތުގެ އިސްމަގާމުތަކާއި، ޒިންމާދާރު މަގާމުތަކާއި ވެސް ސަތޭކަ ފޫޓުވެސް ކައިރިކުރަން ހެޔޮވާ ވަރުގެ ފަރާތެއް އެމްޑީޕީގައި ނެތްކަމަށް ވެސް އެނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ އިސް މެމްބަރުންގެ އަހުލާގީ މިންގަނޑުތައް ހާމަވެ، އެ ޕާޓީގެ އާންމު މެމްބަރު ޕާޓީން ވަކިވަމުންދާކަމަށާއި، އެ ޕާޓީގެ އިސް ފަރާތެއް ދައުލަތުގެ މުހިންމު މަގާމުތަކާއި، ކައިރި ކުރަންވެސް ހެޔޮ ނުވާކަމަށް ވިދާޅުވުމުގެ އިތުރުންވެސް މަލީހުވަނީ އެމްޑީޕީއަށާއި ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.

މަލީހު ވިދާޅުވީ، އެމްޑީޕީގެ އެގެންޑާ 19 އަކީ ދިވެހިވަންތަ އެއްޗެއް ނޫންކަމަށެވެ. އަދި އެއީ އިމްޕޯޓު ކުރެވިފައިވާ ދޮގާއި މަކަރާއި އޮޅުވާލުމުގެ “ޖާޑިއެއް” ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދީ، ދޮގު މައްޗަށް ދޮގު ވިއްކައި، ރައްޔިތުން ގަނެގެންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެކަމުން ރައްޔިތުންނަށް ލިބިފައިވާ ފައިދާއެއް ނެތްކަމަށެވެ. އަދި ގައުމުގެ ކަންކަން އެތައް އަހަރެއް ފަހަތައް ސޮއްސާލާފައިވާކަމަށާއި، އެމްޑީޕީ ނޫން އެހެން ގޮތެއް ހޯދަން ޖެހިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

 

އަލަމްގިރި އާއިއެކު 250 އަށްވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގިކަމުގެ މައުލޫމާތު ލިބިފައިވާއިރު، އަލަމްގިރި މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.އަލަމްގިރީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ތިން މީހުންނަކީ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުވެސް ވަނީ ފުލުހުންގެ ބަންދުގައެވެ. މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ. މި މައްސަލައާއި ގުޅީގެން ޓީޗަރުންތަކެއްވެސް ވަނީ ސަސްޕެންޑްކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިންވަނީ މައުލޫމާތުދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: