ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ހިދުމަތްތަކާއެކު، އުރީދޫގެ ކްލަބް ޕްރިމިއަރ ލައުންޖު އަލުން ހުޅުވައިފި

އުރީދޫ ކްލަބް ޕްރިމިއަރ ލައުންޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫއިން އެ ކުންފުނީގެ ކްލަބް ޕްރިމިއަރ ލައުންޖު އިތުރަށް ތަރައްގީ ކުރުމަށް ފަހު އަލުން ހުޅުވައިފިއެވެ.

ކްލަބް ޕްރިމިއަރ ލައުންޖު އަޕްގްރޭޑު ކުރުމަށް ފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މީޑިއާތަކާއި މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނީ  މި ބަދަލަކީ އެ ކުންފުނީގެ އާ ބްރޭންޑިންގެ “އަޕް ގްރޭޑް ޔޯރ ވޯރލްޑް” ބްރޭންޑް ޕޮޒިޝަނިންގެ ގެ ތެރެއިން ގެނެވިފައިވާ ބަދަލެއްކަމަށެވެ. އަދި ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް އެ ލައުންޖު ބޭނުން ކުރެވިގެންދާނީ ހަމައެކަނި އެ ކައުންފުނީގެ ބިލުތައް ދެއްކުންފަދަ ހިދުމަތްތައް ލިބިގަތުމަށް ނޫންކަމަށްވެސް އުރީދޫއިންވަނީ ބުނެފައެވެ. އެގޮތުން “އަޕް ގްރޭޑް ޔޯރ ވޯރލްޑް” ޝިޔާރުގެ ދަށުން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެ ލައުންޖަކީ “ސްމާޓް ވޭ އޮފް ލިވިންގް” “ސްމާޓް ވޭ އޮފް އައިޑިއާ” ޖެނެރޭޓިންގް ތަނަކަށް ވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

އަޕްގްރޭޑުތަކާއި އެކު ކްލަބް ޕްރިމިއަރ ލައުންޖު ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫއިން ބުނެފައިވާގޮތުން، އެ ކުންފުނީގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުން އެ ލައުންޖަށް ޒިޔާރަތް ކުރުމަށް ފަހު، ފޯނު އަޕްގްރޭޑު ކުރުމަށް ބޭނުން ވެއްޖެ ހާލަތެއްގައި ނުވަތަ ގޭގެ ސްމާޓް ސިސްޓަމްތައް އިތުރަށް ތަރައްގީ ކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެ ކުންފުނީގެ މާހިރުންނާއެކު އެޕޮއިންޓްމެންޓު އުސޫލުގެ ދަށުން ބައްދަލު ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

ކްލަބް ޕްރިމިއަރ ލައުންޖުގައި އެ ކުންފުނީގެ ޕްރިމިއަރ ކަސްޓަމަރުންނަށް ފޯނު ބިލު ދެއްކުމުގެ އިތުރުން ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް ފާހަގަކޮށް  އުރީދޫއިން ބުނެފައިވާގޮތުން އެ ލައުންޖަށް ޒިޔާރަތް ކުރުމުން ޓެކްނޮލިޖީގެ ގޮތުން ދުނިޔެމައްޗަށް އަންނަ ކުރިއެރުންތަކާއިމެދު މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް އެ ލައުންޖުން ލިބިގެންދެއެވެ. އެގޮތުން ރައްކައުތެރިކަމާއި އެކު އިންޓަރނެޓުގެ ބޭނުން ކުރުން، މޮބައިލް އެޕްލިކޭޝަން އަދި އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ޓެކްނޮލިޖީގެ މައުލޫމާތުވެސް ހޯދޭނެކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

މީގެ އިތުރުން އުރީދޫއިން ބުނެފައިވާގޮތުން މި ލައުންޖު ވެގެންދާނީ ދުނިޔޭގައި ކުރިއަރަމުންއަންނަ ހިޔާލުތަކަށް އެ ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިވުމަށް ފަސޭހަތަކެއް ލިބުވައިދޭނެ ތަނެއްކަމަށެވެ. އަދި އެ ލައުންޖުގައި ހަމެޖެހިލުމަށް ކޮފީއެއް ބޯލުން ފަދަ ކަންކަންވެސް ކުރެވެން ހުނާނެކަމަށާއި މި ތަނުގައި އެ ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ދިމާވާ މައްސަލަތަކާއި މެދު ވާހަކަދައްކައި ހައްލުތައް ހޯދުމުގެ ފުރުސަތު ފަހިވެފައިވާނެކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫގެ ކްލަބް ޕްރިމިއަރ ލައުންޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އެންވައިރޮމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ލައުންޖު ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ، ދުނިޔެ “އަޕްގްރޭޑް ޔޯ ވޯރލްޑް” ގެ ހިދުމަތަކީ އެންމެނަށްވެސް ބޭނުންޖެހިފައިވާ ހިދުމަތެއް ކަމަށެވެ. އަދި މިހާރު ޓެލެކޮމިއުނިކޭޝަންގެ ނިޒާމާއިއެކު ދިރިއުޅުމަކީ ދަތިކަމެއްކަން އެންމެނަށްވެސް އިނގޭނެ ކަމަށްވެސް ޝައުނާ ފާހަގަކުރެއްވިއެވެ. އަދި މޯބައިލްގެ ހިދުމަތްތައް ދިވެހިރާއްޖޭގެ ކުރިއެރުމަށް އިންތިހާއަށް މުހިންމު ކަމަށް ފާހަގަކުރައްވާ ޝައުނާ ވަނީ އުރީދޫއިން ދެމުންދާ ހިދުމަތްތަކަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: