ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާގެ މަރު: ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް

ޝިއާއު މަރާލި މައްސަލައިގައި ހައްޔަރުކުރި ޝާހިލް ---
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލާފައިވަނިކޮށް ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން ފޮނުވައިފިއެވެ.

ފުލުހުން ބުނީ ޝިއާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް މިއަދުގެ ވަގުތެެއްގައި ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. ޝިއާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ފޮނުވާފައި ވަނީ އިންޑިއާއަށެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު  ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

ޝިއާގެ މަރުގެ މައްސަލައިގައި ފުލުހުން އަދި މިހާތަނަށް މާ ބޮޑު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ހާދިސާ ހިނގި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުލުހުން ބުނީ ޝާހިލް ކުށަށް އިއުތިރާފުވެފައި ނުވާކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި ވަގުތު ހުރީ މަސްތުގެ ހާލަތުގައިކަމަށް ބުންޏެވެ.

ފުލުހުން ބުނީ ޝިއާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، އާއިލާގެ އެންމެ ބޮޑު އެދުމަކީ އަންހެން ކުއްޖާގެ ފޮޓޯތަކާއި، އަދި ކަށަވަރު ނުވާ ވާހަކަތައް ސޯޝަލް މީޑިއާގައި ނުދެއްކުން ކަމަށެވެ.

ޝިއާގެ މަރުގެ މައްސަލައިގައި އަލީ ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.

ޝިއާގެ ހަށިގަނޑު ނައްތާލަން ނުވަތަ ފޮރުވަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި މައުލޫމާތު އެނގޭ މީހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 93%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: