ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަޔާންގެ މަރުގެ މައްސަލަ: 18 އަހަރު ނުފުރޭ 4 ކުދިންނަށް ދައުވާ އުފުލައިފި!

އައްޑޫ ސިޓީގައި މަރާލި ޒުވާނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ 2 ޖޫން 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާއަށް ތޫނުއެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލައިފައިވާކަމަށެވެ. އަދި ޢުމުރުން 18 އަހަރު ނުފުރޭ އިތުރު 3 ކުދިންގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށެވެ.

މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ 03 ކުދިންގެ ތެރެއިން 02 ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުޞަތަށް އެދިފައިވާތީ، ޑައިވާރޝަން އެގްރީމެންޓް ހަދާފައިވާކަމަށްވެސް ޕީޖީން މައުލޫމާތުދެއްވާފައިވެއެވެ.

މީގެ އިތުރުން މިމައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ 05 މީހުންގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންކަމަށް ޕީޖީން މި މައްސަލައާއި ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

ދައުވާ އުފުލާފައިވާ ކުދިންނާއި، ތުހުމަތުކުރެވޭ މީހުންވެސް މިވަގުތު ތިބީ ފުލުހުންގެ ބަންދުގެ ދަށުގައެވެ.

ޒަޔާންގެ މަރުގެ މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި މި ކަންތައް ހިގައިގެން ދިޔައީ ފޭދޫގެ މަގެއްގެ މަތީގައި ދަންވަރު ހިންގި މާރާމާރީއެއްގެ ސަބަބުންނެވެ. މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ފެށުނު މާރާމާރީއެއްކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި އެއީ މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: