ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިސްގެ މަރުގެ މައްސަލަ: ދައުވާލިބޭ މީހާ ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަނީ

ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގއ ދާންދޫ އަށް ނިސްބަތްވާ ހާރިސް އަބްދުލް ޣަފޫރު، ގޯލްޑްލީފް، މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ޔާމިން ރަޝީދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައިކޯޓްގައި އިސްތިއުނާފް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ޏ ފުވައްމުލައް، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށެވެ. ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކުރުމުން، އެ ދައުވާ ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވާ ކަަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ޔާމީން އަށް ހަމަލާ ދެނިކޮށް މަންޒަރު ފެނިފައިވާ ކަމަށް ޝަރީއަތުގައި ހެކިބަސްދިން އެއްވެސް ހެކިވެރިޔަކު ނެތް ކަމަށެވެ.

މައްސަލައިގައި ހެކިބަސްދިން ފުލުހަކު ވަނީ މީގެ ކުރިން އެދެމީހުންގެ މެދުގައި މާރާމާރީއެއް ހިނގިކަން ފާހަގަކޮށްފައެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ބަލައިފާސްކުރުއިރު، އެގޭގައި ހުރި އަލަމާރިއަކުން ބޮނޑިކޮށްފައިއޮތް ޖިންސެއްގެ ތެރެއިން ލޭ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ވަނީ ފެނިފައެވެ. ޖިންސުން ޔާމީންގެ ލޭ ފެނި، ހާސިދާ ހިނގި ސަރަހައްދުން ފެނުނު ފައިވާނުން ވެސް ޔާމީންގެ ޑީއެންއޭ ލިބިފައިވީ ނަމަވެސް ޔާމީންގެ ޖިންސުން ފެނުނު ލެއަކީ ހާރިސް މަރުވުމުގެ ކުރިން ހިނގި މާރާމާރީގެ ލެއަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ކްރިމިނަލްކޯޓްގެ ހުކުމްގައި ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: