ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވުމާއިމެދު ނުވިސްނަން – ޑރ.ޖަމީލް 

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާއިރު އެމަނިކުފާނުގެ ރަނިން މޭޓަކަށް ވުމާއިމެދު އަދި ނުވިސްނަވާ ކަމަށް އެމަނިކުފާނުގެ ފުރަތަމަ ރަނިންމޭޓް އަދި ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ވާނީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. ކުރިން ރަނިން މޭޓްކަން ކުރެއްވި ބޭފުޅުން ނުވަތަ ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ވެސް އެފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އަދީބާއި ޖިހާދު ޔަގީނުން ވެސް ރަނިން މޭޓަކަށް ކަނޑަނާޅުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަތަކުން ދޭހަވީ ރިޔާސީ އިންތިހާބަށް ނިކުންނަވާއިރު ޑރ.ޖަމީލް ނުވަތަ ޑރ.ޝަހީމް ރަނިން މޭޓަކަށް ނެގުމުގެ ފުރުސަތު އެބައޮތް ކަމެވެ.

ނަމަވެސް “ސަންގް ޓީވީ” އިން ގެނެސްދޭ “ޚަބަރަށް ފަހު” ޕްރޮގްރާމްގައި ޑރ.ޖަމީލް ވިދާޅުވީ ރަނިން މޭޓަކަށްވުމާއި މެދު ނުވިސްނަވާ ކަމަށެވެ. “އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއިއެކު ދަންނަވާ ވާހަކައެއް. އަޅުގަނޑު ތިފަދަ އެއްވެސް ކަމަކާއިމެދު މިވަގުތު ނުވިސްނަން. އެއީ ކޮންމެހެން ތިސުވާލަށް ޖަވާބު ނުދޭކަށެއް ނޫން.” ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ޕީޕީއެމް އިން ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުގައި އެމަނިކުފާނު ހުންނަވާނެ ކަމަށެވެ. “އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގައި މިހާރު މިހިރަ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ވެރިޔަކަށް ވެގެން ދާނެއޭ ރައީސް ޔާމީން.” ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލަކީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނައިބު ރައީސް އެވެ. ނަމަވެސް ރައީސް ޔާމީނާއި ޑރ.ޖަމީލްގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ 2015 ޖުލައި 21 ގައި ޑރ.ޖަމީލް ނައިބު ރައީސް ކަމުން ދުރުކޮށްފައެވެ.

ނައިބު ރައީސް ކަމުން ވަކިކުރުމުން ޑރ.ޖަމީލް ގައުމުން ބޭރުގައި ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރައީސް ސޯލިހްގެ ސަރުކާރުގެ ކަންކަމާއި ދެކޮޅަށް ޑރ.ޖަމީލް ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ.

މިހާރު އާއްމުގޮތެއްގައި ކޮންމެ ހަފްތާއަކު އެއްފަހަރު ޑރ.ޖަމީލް ސަރުކާރަށް ނުވަތަ ރައީސް ސޯލިހަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންސާނުން 3 ބަޔަކަށް ބަހާލެވިދާނެ އެވެ.
    1- ތިމާޔަށް ކުރެވޭ ތަޖުރިބާއިން ކަންކަން އުގެނި ދަސްކުރާ މީހުން.
    2- އެހެން މީހުންގެ ތަޖުރިބާއިން ކަންކަން އުގެނި ދަސްކުރާ މީހުން.
    3- ތިމާޔަށް ކުރެވޭ އެހެން މީހުންނަށް ކުރެވޭ ތަޖުރިބާއިން ވެސް ކަމެއް ދަސް ނުވާ މީހުން.
    ޖަމީލް ހިމެނެނީ 3 ވަނަ ކެޓަގަރީގަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: