ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 10 އިންސައްތަވެސް ބަރުލަމާނީއަށް ތާއީދު ކުރާކަމަށް އަންދާޒާ ނުކުރަން: ފައްޔާޒު

ފައްޔާޒު އިސްމާއިލު: ފޮޓޯ/ ސޯށަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 10 އިންސައްތަ މީހުންވެސް ބަރުލަމާނީއަށް ތާއީދު ކުރާކަމަށް އަންދާޒާ ނުކުރެވޭކަމަށާއި، މުޅި ދިވެހިރާއްޖޭގެ ނިސްބަތަށް ބަލާ ނަމަ، އެ އަދަދާއިވެސް ގާތް ކުރާނެ ވަރަށް ތާއީދު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް އޮތް ތާއީދާއިމެދު ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުމަކީ، އެ މަނިކުފާނުގެ އަމިއްލަ ވިސްނުމެއް ކަމަށެވެ. އަދި އެ މަނިކުފާނު ދައްކަވާ ވާހަކަތަކަކީ، ފައްޔާޒަށް ފެނިވަޑައިގަންނަ ގޮތް ނޫންކަމަށާއި، އެއީ ރައީސް ނަޝީދަށް ކަންކަން ފެނިވަޑައިގަންނަ ގޮތްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ބަރުލަމާނީ އާއި މެދު ރައީސް ނަޝީދު ގިނަ ވާހަކަތަކެއް ދައްކަވާކަމަށް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އަދި ވާހަކަތަކެއް ދެއްކެވި ނަމަވެސް، އެއީ ސީދާ ކަން އޮތް ގޮތްކަމަށް އެނާއަށް ވިދާޅުވާން ނޭގޭކަމަށެވެ. އެހެން ނަމަވެސް، އެނާ އަށް އިންގިފައިވާ ގޮތުން ކަން އޮތީ ރައީސް ނަޝީދު ދަންނަވާ ގޮތަށް ނޫންކަމަށްވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ބަރުލަމާނީއަށް ތާއީދު ކުރާ މީހުން އެމްޑީޕީ، ޖޭޕީ، އަދި އަދާލަތުގައިވެސް ތިބެދާނެކަމަށެވެ. އަދި ރާއްޖޭގައި އެ ނިޒާމަށް ތާއީދު ކުރާ ބަޔަކު ތިބި ނަމަވެސް، 47 އިންސައްތަ ކަމެއް 1 އިންސައްތަކަމެއްވެސް ބުނަން ނޭގޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް އެނާއަށް ކުރެވިފައިވާ ތަޖުރިބާތަކުން އަންދާޒާ ކުރާއިރު، އެމްޑީޕީގެ 10 އިންސައްތަ މެމްބަރުންވެސް ބަރުލަމާނީއަށް ތާއީދު ކުރާކަމަށް ނުބުނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ބައިބައިވުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ޕާޓީ ބައިބައިވުމަށް އެނާ ނޭދޭނެކަމަށެވެ. އަދި އެނާ ގަބޫލު ކުރާގޮތުން އެމްޑީޕީއަކީ ސިޔާސީ ގޮތުން މާ ބޮޑަށްވެސް “މެޗުއަރ” ޕާޓީއެއްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ބަރުލާމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ހުށައަޅާފައިވާ ގަރާރާއި އެއްކޮޅު ބަޔަކު އަދި ދެކޮޅު ބަޔަކުވެސް އެމްޑީޕީގައި ތިބިކަން ސާފު ކަމަށް ފާހަގަކުރައްވާ، ފައްޔާޒު ވިދާޅުވީ، ބަލިވާ ބަޔަކު ނުވަތަ މޮޅުވާ ބަޔަކު ޕާޓީއިން ވަކިވެގެން ދިއުމަކީ، އެމްޑީޕީއިން ޑިމޮކްރެސީގެ ނަމުގައި ކުރަމުންއައި މަސައްކަތް ނޫންކަމަށެވެ. އަދި ހިޔާލު ތަފާތުވުމުގެ ތެރެއިން މޮޅުވާ ބަޔަކާއި އެކު، ކުރިއަށް ދާން ޖެހޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނީ، އެ ޕާޓީގެ ފަލްސަފާއާއި މެދު ނޫންކަމަށެވެ. އަދި ޑިމޮކްރެސީތޯ ޑިކްޓޭޓަރޝިޕްތޯ ކަނޑައެޅުމަށް މަސައްކަތްކުރަނީ ނޫންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެހެން ކަމުން ޕާޓީ ބައިބައިވެދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. އެހެން ނަމަވެސް، ބައެއް މެމްބަރުން މިހާރުވެސް ދުރުވެފައިވާކަމަށާއި، އިތުރު މެމްބަރުން ހަަމަ އެ އުސޫލުން ގުޅިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: