ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބެއްގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑަކަށް ސަފާތު!

ސަފާތު އަހްމަދު ޒާހިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ސަފާތު އަހްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް ސަފާތު އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައިކަމަށެވެ.

ސަފާތު މި މަގާމަށް އައްޔަނުކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ ޑައިރެކްޓަރ އޮފް ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި މިއުވާން މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. މިއުވާން އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.

ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ސަފާތު ވަނީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި އާއި އޭގެ އިތުރުން އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފައިއެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ސަފާތު ވަނީ، އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަ ކުރައްވާފަ އެވެ. އަދި އޭގެ ކުރިން 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަ ކުރެއްވި އެވެ.

އަންހެނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ސަފާތުގެ މަސައްކަތް ފާހަގަ ކުރައްވައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެއްވާ “ޔަންގް ލީޑާސް އެވޯޑް” އޭނާ ވަނީ 2016 ވަނަ ލިބިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: