ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހިތަދޫ އުރީދޫ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ ލައުންޖް އަޕްގްރޭޑްކޮށް ހުޅުވައިފި

އުރީދޫއިން ހިދަތޫގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރު: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އިން ސ.ހިތަދޫގައި ގާއިމް ކުރެވިފައިވާ އެކްސްޕީރިއަންސް ސެންޓަރ އަދި ކްލަބް ޕްރީމިއަރ ލައުންޖް އަލުން އަޕްގްރޭޑްކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.

“އަޕްގްރޭޑް ޔޯ ވޯލްޑް” ޓެގު ލައިންގެ ދަށުން ހުޅުވި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަށް އިތުރު ބަދަލުތަކެއް ގެނެސްފައި ވަނީ، ތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް ހިދުމަތް ދިނުމުގެ ގޮތުންކަމަށް އުރީދޫން ބުނެ އެވެ.

ހިތަދޫ ލިންކްރޯޑުގައި ހުންނަ އެކްސްޕީރިއަންސް ސެންޓަރު ފަރުމާކޮށްފައި ވަނީ އުރީދޫގެ ތަފާތު ހިދުމަތްތަކާއި، ކަސްޓަމަރުންނާއި ވީހާވެސް ގާތުން ހިދުމަތް ދެވޭނެ ގޮތަކަށެވެ. އަދި ކަސްޓަމަރުންގެ އަދަދުތައް އިތުރުވުމަކީ ވެސް، ތަނަށް ބަދަލުތަކެއް ގެނައި ސަބަބެއްކަން އުރީދޫން ފާހަގަ ކުރި އެވެ.

ހިތަދޫގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިދެއްވީ  ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީގެ އާއި ޗީފް ކޮމާރޝަލް އޮފިސަރ، ޙުސައިން ނިޔާޒްގެ އިތުރުން ހެޑް އޮފް ކަސްޓަމަރ ކެއަގެ ދިޔާނާ އަފީފްއެވެ.

ރަސްމިއްޔާތުގައި ސީއީއޯ ހާލިދު ވިދާޅުވީ، ހިތަދޫ އެކްސްޕީރިއަންސް ސެންޓަރ އަދި ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަ ލައުންޖަކާއި އެކު، އަޕްގްރޭޑްކޮށް ތަން އަލުން ހުޅުވާފައި ވަނީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކާއި އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށެވެ.

އެނާ ވިދާޅުވީ ޑިޖިޓަލް ސެލްފް ސާވިސް ޕޯޓަލްތަކުގެ އިތުރުން ކުންފުނީގެ ހުރިހާ ޓަޗް ޕޮއިންޓެއްގައި ވެސް ކަސްޓަމަރުން ކުރާ ތަޖުރިބާތައް އިތުރަށް ހަރުދަނާ ކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި އާ ބަދަލުތަކާއިއެކު ހުޅުވި އޯއީސީގެ ސަބަބުން އައްޑޫގެ ކަސްޓަމަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށާއި، ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ވިދާޅުވިއެވެ.

އުރީދޫއިން ބުނީ ހިތަދޫގައި ގާއިމު ކުރި އޯއީސީއިން ކުންފުނީގެ ކަސްޓަމަރުންނަށް އެކި ހިދުމަތްތަކާއި އުފެއްދުންތައް އަވަސް އަދި ފަސޭހަގޮތެއްގެ މަތިން ފޯރުކޮށްދެވޭނެކަމަށެވެ. އަދި އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އެ  ކުންފުނީގެ އުފެއްދުންތެރި އާލާތްތައް ބޭނުންކޮށް، ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ކުރިއަށް އޮތްތަނުގައި ލިބޭނެކަމަށް ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއް ގާއިމު ކުރެވިފައިވާކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެގޮތުން ހިތަދޫގައި ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ލައުންޖެއް ގާއިމުކޮށް، އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތެއްގެ އިތުރުން ޕްރިމިއަރ ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެ ގޮތް ތަނުގައި ވަނީ ހަމަޖެހިފަ އެވެ.

ހިތަދޫގެ އޯއީސީ ހުޅުވާފައި ހުންނާނީ އެހެން ރަށްތަކުގައި ގާއިމު ކުރެވިފައިވާ އޯއީސީތަކެކޭ އެއްފަދައިން ހޮނިހިރު ދުވަހާއި، ބުރާސްފަތި ދުވަހުގެ ދެމެދު ހެނދުނު ނުވަގަޑި ސުންމިނެޓުން ފެށިގެން ހަވީރު ހަތަރެއްގެ ނިޔަލަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: