ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި، ޝާހިދު އިންޑިއާއަށް ދިޔައީ ރާއްޖޭގައި ހިނގި ކަންކަމަށް ޖަވާބުދާރީވާން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ...
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓިގެ ރައީސް މުހައްމަދު ނަޝީދާއި، ޔޫއެންގެ ރައީސް، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގަތީ ރާއްޖޭގައި ހިގިކަންކަމަށް އިންޑިއާ ސަރުކާރަށް ޖަވާބުދާރީވާންކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައަޅުއްވާފައިވާ ގައުމީ ސަލާމަތާއި ބެހޭ ބިލަށް ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް މި ބިލް މަޖިލީހަށް ހުށައެޅުމަކީ ސަރުކާރަށް ލިބޭނެ ލުޔެއްކަމަށާއި މިއީ ސަރުކާރުން ކުރަންޖެހޭނެ މަސައްކަތެއްކަމަށެވެ.

ސަރުކާރުން ގައުމީ ސަލާމަތަކީ ކޮބައިކަން ރައްޔިތުންނަށް ކިޔާދޭންޖެހޭކަމަށް ފާހަގަކޮށް ޝިޔާމް ވާހަކަދެއްކެވީ މިއަދުގެ ސަރުކާރާއި ކަމާއިބެހޭ އިދާރާތްތަކަށް އެއީ ކޮބައިކަން އޮޅިފައިވާކަމަށް ވިދާޅުވާފަދަ މޭރުމަކުންނެވެ.

ޝިޠާމް ވިދާޅުވީ މިއަދުގެ ސަރުކާރާއި ސަލާމަތާއި ބެހޭ ބާރުތަކަށް ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލެއްކަމަށް ފެންނަނީ މައުލޫމާތެއް އާންމުކުރުންކަމަށެވެ.

“މައުލޫމާތެއް ހޯދަން ސިޓީއެއް ހުށައެޅީމައި އެއި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި މިއަދު މިއޮތް ސަރުކާރަށް ފެންނަނީ، މައުލޫމާތު ހާމަކުރަނީކީނޫން. ހާމަ ކަން ބޮޑު ގޮތެއްގައި މައުލޫމާތު ހިއްސާކުރަން އައި ސަރުކާރުން މައުލުމާތެއް ދެނީއެއް ނޫން”

ޝިޠާމް ވިދާލުވީ މައުލޫމާތެއް ސާފުކުރުމަށް ސުވާލުކުރުމުން މި ސަރުކާރުން ބުނަނީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކޭކަމަށެވެ.

މިއަދު ރާއްޖެ މިދެކޭ ކަޅު ދުވަސްތަކުގެ މައިގަނޑު ސަބަބަކީ ގައުމުގެ އިގްތިސާދު ހީނަރުވުންކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ގައުމުގެ މާލިއްޔަރ=ތު މި ސަރުކާރުން ދަވާލީކަމަށެވެ. ބައެއް ގައުމުތަކުގެ ފައިބުދަށް ދާންޖެހުމަކީ އޭގެ ނަތީޖާއަކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަންތައް ޝިޔާމް ފާހަގަކުރެއްވީ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަށެވެ.

“އަޅުގަނޑުމެްނަނަށް މި ފެންނަނީ ވެރިކަން ކުރާ ޕާޓީއާއި ޔޫއެންގެ ރައީސާއި ވެރިކަން ކުރާ ޕާޓީއާއި ސަރުކާރާއި އެއްކޮށް ގޮއްސަ ފައިބުޑަށް ތިރިވާތަން މިފެންނަނީ، މިގައުމުގައި ހިގާ ކޮންމެ ކަމަށް ޖަވާބުދާރީ ވާން ދާން ޖެހެނީ ނިއު ދިއްލީއަށް، މިއީ ގައުމުގެ ހާލަތު”

މިގައުމުގައި ހިގާ ކޮންމެކަމަކަށް ޖާވާބުދާރީވާން ދާން ޖެހެނީ ނިއު ދިއްލީއަށްކަމަށް ވިދާޅުވެ ޝިޔާމް އިޝާރާތްކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަލިފް ދާލުގެ އާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ހާރިޖީ ވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށެވެ. އަމަލުތައް މިހެން ހުރުމުން ގައުމީ ސަލާމަތް އޮތީ ކިހާ މިންވަރަކަންކަން ސާފުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާގެ ބަޔަކު ރާއްޖެއަށް އައިސް ޖާސޫސުކުރި ވާހަކަ މީޑިއާތަކުގައި ތިލަވިކަމަށާއި ނަމަވެސް އޭގެތެރެއިން އަތުވީ ބައެއް މީހުންކަމަށް ފާހަގަކޮށް ޝީޔާމް ވިދާޅުވީ އާދަމް ޝަރީފް ހުށައެޅުއްވި ބިލުގައިވާ އިންޓެލިޖެންސް ކޮމިޓީއެއް މުހިންމުވަނީ މިހެންވެގެންކަމަށެވެ. ޝިޔާމް ވިދާޅުވީ ބައެއްގެ ނުފޫޒާއި ނުލާ ދިވެހިރާއްޖެއަށް އިންޓެލިޖެްނސް މައުލޫމާތުވެސް ނުލިބޭކަމަށެވެ.

” ދިވެހިރާއްޖެއަށް މައުލޫމާތެއް ނުލިބޭ ބެންގަލޫރުގަ ހުންނަ އިންޓެލިޖެންސް ސެންޓަރުގަ ޖެހިފަ ނޫނީ، އެއިން އެއްވެސް ސެންޓަރެއްގައި ބެންގަލޫރުގެ ސެންޓަރެއްގަވެސް އަދި މި ދަންނަވާ މައުލޫމާތު އެއްކުރެވޭ އެއްވެސް ސެންޓަރެއްގައި ދިވެގިރާއްޖޭގެ ސަލާމަތީ ބާރެއްގެ އެއްވެސް މުވައްޒަފަކު އެއްވެސް އޮފިޝަލަކު މަސައްކަތްކުރާކަމެއް އެގިފައެއް ނެތް”

މަތިމައްޗަށް ދިވެހިންނަށް އެއްވެސް ކަހަލަ މައުލޫމާތެއް ނުލިބޭ އެގްރީމެންޓްތަކެއް ހެދި އަމަލުކުރެވެމުންދާކަމަށް ފާހަގ ކުރައްވާ ޝިޔާމް ވިދާޅުވީ މިއީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކާތެރި ކަންތައްތައް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: