ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވާ ބަރުލަމާނީ ގެނައުމަށް ވެރިކަމުގައި އެއްވެސް މަޝްވަރާއެއް ނުކުރޭ: ޑރ އިބްރާހިމް ދީދީ

ޑރ. އިބްރާހިމް ޑީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރެއްވި މަސައްކަތާއިމެދު އެކަށީގެންވާ ހުއްޖަތެއް ދައްކަވާފައިނުވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއިމެދު ވާހަކަދައްކަވަމުން، ދާދި ފަހުން ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގެ ކަންކަމަށް އަލިއަޅުވާލައި ދީދީ ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ގެންދިޔައީ، ޕާޓީގެ މެމްބަރުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ތެރޭގައިވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ދަނޑިވަޅެއްގައި ކަމަށްވުމުން، މީގެ ކުރިން ބޭއްވުނު ކޮންގްރެސްތަކުގައި ފެނިގެންދިޔަ ފަދަ މަންޒަރުތަކެއް އެ ބައްދަލުވުމުން ފެނިފައިނުވާކަމަށެވެ.

ފެށިގެންދިޔަ އިރު، ކޮންގްރެސްގެ ކަންކަން ފެނިގެންދިޔައީ ހަލަބޮލި ގޮތަކަށް ކަމަށްވީނަމަވެސް، ނިމިގެންދިޔައީ ޖުމުލަ ގޮތަކަށް ސުލްހަވެރިކަމާއި އެކު ކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، ދީދީ ވިދާޅުވީ، ކޮންގްރެސްގެ ތެރެއިން، އެމްޑީޕީގެ މެމްބަރުންގެ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑަށް ފާހަގަވެގެންދިޔަކަމަށެވެ.

ދީދީ ވިދާޅުވީ، އާންމު ގޮތެއްގައި، ކޮންގްރެސްއާއި ހަމައަށް ދަނީ، ހިޔާލު ތަފާތުތަކާއިމެދު މަޝްވަރާކުރެވި، އެއްބަސްވެވިގެންކަމަށެވެ. އެހެން ނަމަވެސް މި ކޮންގްރެސްއަށް ދިޔަ އިރު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދިފައިނުވާކަމަށާއި، ހާއްސަ ގޮތަކަށް ރައީސް ނަޝީދު ހުށައެޅުއްވި ބަރުލަމާނީ ނިޒާމުގެ ގަރާރާއި ގުޅިގެން ހިޔާލު ތަފާތުވުންތައް ހުރިކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އެމަނިކުފާނުގެ ހުށައެޅުމާއިމެދު ޖަސްޓިފިކޭޝަނެއް ދެވިފައިނުވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، 2006 ވަނަ އަހަރު ބަރުލަމާނީ ނިޒާމު ގެނައުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓު ނެގުނީ ރައީސް މައުމޫނުގެ ދައުރުގައި ކަމަށްވުމުން އެ ވޯޓު ނެގުނީ ރައްޔިތުން ފުރިހަމަ މިނިވަންކަންމަތީ ތިއްބާ ނޫންކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާކަމަށެވެ.

ދީދީ ވިދާޅުވީ، ރައީސް ނަޝީދު އެހެން ވިދާޅުވުމުން، އެ މަނިކުފާނު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން އެ ވޯޓު ސައްހަ ކަންމަތީ ނަންގަވަން މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ ރައްޔިތުންގެ ތެރޭގައި ސުވާލު އުފެދިފައިވާކަމަށެވެ. އަދި އެނާ އޭރު ހުންނެވީ ރައީސް ނަޝީދުގެ ކެބިނެޓުގައިކަމަށް އިޝާރާތްކުރައްވާ ދީދީ ވިދާޅުވީ، ރައީސް ނަޝީދު އޭރު ވެރިކަމުގައި ހުންނެވި އިރު، އެފަދަ ވޯޓެއް ނެގުމަށް ކެބިނެޓުގައި މަޝްވަރާއެއްވެސް ކުރައްވާފައިނުވާކަމަށެވެ.

މީގެ އިތުރުން ދީދީ ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވީ، ރައްޔިތުންގެ އަގުލަބިއްޔަތުން ކަނޑައެޅިފައިވާ ރިޔާސީ ނިޒާމަށް ގަބޫލުފުޅު ކުރައްވައިގެން، އެ ނިޒާމަށް ރުހިވަޑައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: