ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ދެވަނަ އިގްތިސާދީ ސިނާއަތަށް ހީނަރުކަމެއް އައުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް : ޑރ ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ ޑީޑި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދެވަނަ އިގްތިސާދީ ސިނާއަތަށް ހީނަރުކަމެއް އަންނަ ކަހަލަ ގޮތަކަށް ކަންތައްތައް ވެގެންދާނަމަ އެކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ އިބްރާޙިމް ދީދީ ( ޑީޑީ )ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ ޑީޑީ “ސަންގު”ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ  ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ގެއްލިއްގެން ހިނގައްޖެ ނަމަ އެކަމުގައި އެންމެ ބޮޑު ދެރައެއް ލިބިގެން ދާނީ މަސްވެރިންނަށް ކަމަށެވެ.

ޗާގޮސްގެ މައްސަލައިގައި ދާދި ފަހަކާ ޖެހެންދެން ރާއްޖެއިން އަބަދުވެސް ނަގާފައިއޮތް ސްޓޭންޑަކީ ވަރަށް ވަރުގަދަ ސްޓޭންޑެއް ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އިން ވަކި ކުރުމުގައި މެދު ރޮނގުން ބަހާލުމަށް އެއްބަސްނުވެ ވީހާވެސް ފުޅާކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭނުންވާ ސަރަހައްދު ލިބޭ ގޮތަަށް ސަރުކާރުން މިހާތަނަށް ނަގަމުން އައިސްފައިވާ ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

ޗާގޮސްގެ ބާރުވެރިކަން މޮރިޝަސްގެ މައްޗަށް އޮތުމަށް ރާއްޖޭގެ އަދުގެ ސަރުކާރުން އެއްބަސްވާ ކަމަށާއި ސަރަހައްދު ބެހުމުގައި މެދު ރޮނގުން ބެހުމަށް އިއުތިރާޒް ނުކުރާ ކަމުގެ ހަބަރުތައް މީޑިއާގައި ދެކެވިގެން ގޮސްފައިވާ ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައަކީ ސިޔާސީ މައްސަލަ އަކަށް ވުރެ ބޮޑަށް ގައުމީ މައްސަލައެއް ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. ސަބަބަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެން ދާ ފަދަ ގޮތަކަށް ސިޔާސަތު ތައް ބައްޓަން ކުރުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދާނެ ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

މޮރިޝަސް އަކީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަން ކުރާ ގައުމަކަށް ނުވާތީއާއި އެހެންކަމުން ސިޔާދަތީ ބާރު ޗާގޮސްގެ މައްޗަށް މޮރިޝަސް އަށް ލިބިއްޖެ ކަމަށް ވާނަމަ ކަނޑުގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް ޝައުގުވެރިކަމެއް ނުހުންނާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. އެހެންކަމުން މޮރިޝަސް އަށް އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ފައިދާ ވާ ގޮތަކަށް ޗާގޮސްގެ ކަނޑުގެ ސަރަހައްދު ދީލާލާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި ބޭރުގެ ދާއަޅާ ކުންފުނި ތަކަށް ޗާގޮސްގެ ކަނޑުގެ ސަރަހައްދު މޮރިޝަސް އިން ވިއްކާލައިފިނަމަ ނުވަތަ ކުއްޔަށް ދީފިނަމަ އެ ސަރަހައްދުގައި ދާއަޅަން ފަށާ ހިސާބުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ހީނަރުވެގެން ދާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ކަނޑުމަހަކީ ހިޖުރަ ކުރާ އެއްޗެއް ކަަމަށާއި އެކަން ރިސާޗްތަކުން ފެނިފައިވާ ކަމަށް ޑީޑީ ވިދާޅުވިއެވެ. ޗާގޮސްގެ ސަރަހައްދުގައި ބޮޑުދާ އަޅަން ފަށާ ހިސާބުން ފެށިގެން ހާއްސަކޮށް ދެކުނުގެ މަސްވެރިކަމަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑރ ވިދާޅުވީ އުއްމީދަކީ ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: