ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާޔާ ނަބީލް ދޫކޮށްލި ގާޒީ ހުރި ހާލަތު ބަލަން ޖެހޭ: އަބްދުﷲ ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ)
ޝެއާރކޮށްލާ ކަހަލަދޯ؟

މުހައްމަދު ނަބީލް(ޔާޔާ)އަކީ، މުޖުތަމައަށް ނުރައްކައުތެރި މީހެއް ނޫންކަމަށް ކަނޑައަޅައި، ދޫކޮށްލުމާއިއެކު، މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ ފާޑުކިޔުންތައް މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އަމާޒުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ބަރާހަނާ ފޮޓޯ އާންމު ކުރާ މައްސަލައިގައި، މީގެ ކުރިންވެސް ހައްޔަރު ކުރެވިފައިވާ މުހައްމަދު ނަބީލުގެ ފަރާތުން ދިވެހި މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލެއް ނެތްކަމަށް، އެނާގެ މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމުމާއިއެކު، ނުރުހުން ފާޅު ކުރައްވާ، ސަނީފް ވިދާޅުވީ، ނަބީލަށް ހުކުމް އިއްވި ފަނޑިޔާރު އިންނެވީ ކޮން ހާލަތެއްގައިކަން، ދިވެހި ރައްޔިތުން ބަލަން ޖެހޭކަމަށެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުންފަދަ ދީނާއި ހިލާފުވާ ކުށްތަކަށް އަރައިގަތުން ގިނަވެފައިވާކަން ފާހަގަކުރައްވާ، ސަނީފް ވިދާޅުވީ، ދިވެހިރާއްޖެއާއި ރައްޔިތުންގެ މުސްތަގުބަލަށްޓަކައި، އެއްޖިންސުން ގުޅުން ހިންގާ އެންމެންގެ މައްސަލަތައް ބަލައި ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް، ފުލުހުންގެ މުއައްސަސާ އަދި ޕްރޮސެކިއުޓާރ ޖެނެރަލްއަށް ދަންނަވާކަމަށެވެ.

މީގެ އިތުރުން ސަނީފް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުން ފަދަ ބޮޑެތި މައްސަލަތަކަކީ، ކުޑަ ކަމެއް ކަމަށް ހަދައި، އެ މައްސަލަތައް ބަލަން ޖެހޭ މިންގަނޑަށް ބަލައި، ފިޔަވަޅު ނާޅާ ނަމަ، ރާއްޖެއަށް ކޮންމެ ފަދަ މުސީބާތެއްވެސް ކުރިމަތިވެދާނެކަމަށެވެ.

 

ސޯޝަލް މީޑިއާގައި، އިޖްތިމާއި މިންގަނޑުތަކާއި ހިލާފުވާފަދަ ފޮޓޯ އަދި ވީޑިއޯ އާންމު ކުރާ މުހައްމަދު ނަބީލު ހައްޔަރުން ދޫކޮށްލުމާއިއެކު، ގާޒީ އަދި ތަންފީޒީ އިދާރާތަކަށް ސަނީފްގެ ފާޑުކިޔުންތައް އަމާޒުވީއިރު، ދާދި ފަހުން، އަލަމްގިރި ކިޔާ ބަންގަލަދޭޝް ފިރިހެނަކާއި އެކު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރެވިފައިވެއެވެ. އަދި ބައެއް ފަރާތްތަކުގެ މައްސަލަ ބަލަމުންދާއިރު، އަލަމްގިރިގެ މައްޗަށްވަނީ ހުކުމް ކުރެވިފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: