ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަވަންދޫގައި ފްލެޓް އަޅައިދިނުމަށް ކައުންސިލުން އެދިއްޖެ

ދަަރަވަންދޫ ކައުންސިލް މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިމުގެ ދަތިކަން ވަރަށް ބޮޑު ރަށެއް ކަމުގައިވާ ބ ދަރަވަންދޫގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެރަށުގައި ފްލެޓް އަޅަން ބޭނުންވާ ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.

ދަރަވަންދޫގައި ފްލެޓް އަޅަން ބޭނުންވާތީ އެ ވާހަކަތައް ކައުންސިލުން ހިއްސާކުރީ ދަރަވަންދޫގެ ބައެއް ކައުންސިލަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

ކައުންސިލަރުން ދެއްކެވި ވާހަކާގައި އެރަށުގައި މިހާރުވެސް ތަރައްގީގެ އެކި އެކި މަޝްރޫއުތައް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށް ފާހަގަކުރައްވާ ވިދާޅުވީ ބައެއް މަސައްކަތްތައް ކުރިއަށްދާ ގޮތުން ކަންބޮޑުވުންތައް ހުރިކަންމަށެވެ

މިގޮތުން ދަރަވަންދޫގެ ބަނދަރާއި އެއާޕޯޓާ ދެމެދުގައިވާ ސަރަހައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމުގފެ އިތުރުން ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރުކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ. ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާ ކަމާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.
ކައުންސިލަރުން އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްގީއާއި ރަށްތަކަށް ބޭނުންވާ ހިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެެކެވެ. އަދި މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ސޯލިހަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރެއްވުމަަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މިބައްދަލުވުމަށްފަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ ދަރަވަންދޫ އަކީ ބ އަތޮޅުގެ އިގްތިސޯދަށް މުހިއްމު ރަށެއްކަމަށެވެ.

ޖަޒީރާ ތަރައްގީގައި ދަރަވަންދޫ އަކީ ނަމޫނާއެއް ފެންނާނެ ރަށެއް ކަމަށް ޓުވީޓުގައި ރައީސް ސާލިހު ވަނީ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: