ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް މީހުން ހިޖުރަކުރަނީ ރަށް މަތިން ފޫހިވެގެން، މުނިފޫހިފިލުވުމަށް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުން މާލެއަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބަކީ ރަށްރަށުގައި މުނިފޫހިފިލުވުމަށް ކުރާނެ ކަމެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން އާއްމު ހިދުމަތްތައް ފޯރުކޮށްދެމުންދަނީ ރަށުގެ ސައިޒެއް ބެލުމެއްނެތި ހުރިހާ ރަށަކަށް ހަމަހަމަކޮށް ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށައެޅުއްވި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބިލްކުރާ އަގުތަކުގައި ވާ ތަފާތުކުރުންތައް ނައްތާލައި ހަމަހަކަމާއެކު އަގުކަނޑައެޅުމަށް ހުށައެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ.

މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދުތައް އިތުރުވުމާއި މެދު ވިސްނާލަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ މާލެ އާއި ރާއްޖެތެރެ ތަފާތުކުރުމެއްނެތި ތަރައްގީ ކުރުމުގައި ކުޑަ ރަށެއް ނުވަތަ ބޮޑުރަށެއް ބެލުމެއް ނެތި ހުރިހާ ރަށަކަށް ހަމަހަމަކަމާ އެކު ހިދުމަތްތައް ގެނެސްދެއްވަން މިސަރުކާރުން މަސައްކަތް ކުރަމުން ދާކަމުގައި ވިދާޅުވެފައެވެ. އެގޮތުން މިސަރުކާރުގެ ފަރާތުން މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް މީގެ ކުރން ރައީސް ސާލިހު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކިޔާނެ އެއްޗެއް ނެތިއްޔާ އަނގަޔަށް އޮށްގާ އަޅައިގެން އިނދެ ބަލާ. ނަޝީދު ދައްކާ ވާހަކަ މިހާރު ޤަބޫލު ކުރާނެ މީހަކު ނެތް

  2. ކަލެއަށްދޯ އިނގެނީ؟މާ އެނގިގަނެގެންނޫޅޭ.ރާއްގެތެރޭމީހުން މާލެ އަންނަނީ މައިސަރުކާރުން ރާއްޖެތެރޭމީހުން މީހުން އަންނަން މަޖުބޫރުކުރުވާތީ.ނުޖަހާ އައްދޮ ކިޔުއްވަން އުޅޭ ގޮތަށް.މާލޭ މީހުން ގޭގެއިން ކުލި ހޯދަން ވެގެން.ވޯޓް ކައިރިވީމަ ވޯޓް ހޯދަން ފަސޭހަކަށް ހާލުގަ ބައިތިއްބަނީ.ހުރިހާ ކަމެއް މާލެ ސަރަހައްދަށް.ތައުލީމާ ސިއްޚަތާ ވަޒީފާގެ ފުރުސަތު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: