ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ބަހުން ހުތުބާ ކިއުމަކީ ގައުމީ މަސްލަހަތު އޮތް ކަމެއް: ޑރ ޝަހީމް

ޑރ. ޝަހީމް ޢަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ބަހަކުން ހުތުބާ ކިއުމަކީ ގައުމީ މަސްލަހަތު އޮތް ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ހުތުބާ އަކީ މުޅި ދިވެހި އުންމަތް ފިކުރީ ގޮތުންނާއި ބަހަވީ ގޮތުންނާއި ސަގާފީ ގޮތުންނާއި ދީނީ ގޮތުން އެއްބައިވަންތަ ކުރުވާ އިޖްތިމާއީ، އަދި ދީނީ އަސާސެއް ކަމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގައުމީ ބަހުން ހުތުބާ ކިއުމަކީ ގައުމުގެ މަސްލަހަތު އޮތް ކަމެއް ކަމަށް ދެކޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ވަކި ބަހަކުން ހުތުބާ ކިއުމަކީ ދީނީ ގޮތުން ލާޒިމް ކަމެއް ނޫން ކަމަށެވެ.

ޝަހީމް ވިދާޅުވީ ކޮންމެ ބަހަކީ ވެސް މުއުތަބަރު ބަހެއް ކަމަށާއި އިސްލާމީ ގައުމެއްގައި އެގައުމުގެ ރައްޔިތަކަށް ނުވާ އެހެން އާލިމަކު ވަޑައިގެން އަރަބި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުތުބާ ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ޝަހީމް ވިދާޅުވީ ދީނީ ނަޒަރުން ބަލާއިރު ކޮންމެ ބަހަކުން ވެސް ހުތުބާ ކިއިދާނެކަމަށެވެ.

ރާއްޖޭގެ ދާހިލީ މަސްލަހަތަށް ބަލާއިރު  އޭބޭފުޅާގެ ނަޒަރުގައި ރާއްޖޭގެ ގައުމީ ބަހުން ރާއްޖޭގެ ކަންކޮޅުތަކުގައި ހުތުބާ ކިޔާގޮތަށް ޒަމާނުއްސުރެ އޮންނަ އޮތުމަކީ މުޅި ގައުމުގެ މަސްލަހަތަށްޓަކައި ކަނޑައެޅިފައިވާ ރަނގަޅު ކަމެއް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ސަބަބަކީ އެކަމަކީ ގައުމީ މަސްލަހަތު ވަރަށް ބޮޑަށް ހިމެނޭ ކަމަކަށްވެފައި ކޮންމެ ބަހަކުން ހުތުބާއެއް ތައްޔާރު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ.

ޝަހީމް ވިދާޅުވީ ހުރިހާ ސަރަހައްދެއްގައި ހުތުބާ ދެވޭ ފަދަ އިލްމުވެރިންނެއް ނެތް ކަމުގައެވެ. ބަހުރުވައިގެ ތަފާތު ވެސް ބޮޑުކަން ފާހަގަ ކުރައްވައި މިސާލެއްގެ ގޮތުން އައްޑޫ ބަހުރުވައާއި ފުވައްމުލަކާއި ހުވަދު އަތޮޅު ބަސް ތަފާތުކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ ހުވަދު އަތޮޅު އެކި ރަށްރަށުގެ ބަހުރުވަ ވެސް އެއް ރަށާއި އަނެއް ރަށާއި ތަފާތު ކަމަށާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކަންކަން އޮތީ އެހެން ކަމަށާއި ގައުމީ ބަހަކީ ދިވެހިން އެއްބައިވަންތަ ކުރުވާ ތިން އަސާސުން ކުރެ އެއް އަސާސު ކަމަށެވެ.

ހުތުބާ ފިޔަވައި އެހެނިހެން ކަންކަމުގައި އެރަށެއްގެ އަމިއްލަ ބަހުރުވަ ނުވަތަ އެ ސިޓީއެއްގެ ނުވަތަ އެ ސަރަހައްދެއްގެ ބަހުރުވަ ރަސްމީކޮށް ބޭނުންކުރުމަކީ މައްސަލައެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ހުތުބާ އަކީ ގައުމީ ސަލާމަތާއި ވަހުދަތާއި ގުޅޭ އެއްޗަކަށް ވުމުން ހުތުބާތަކަށް ކުޅެން ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި އެގޮތަށް ހުޅުވާއިފިނަމަ ރާއްޖޭގެ ހާލަތު އޮތް ގޮތުން ދީނީ ހިލާފްތަކާއި ޒާތީ މަސްލަހަތާއި ސިޔާސީ ބޭނުމަށް ހުތުބާ ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހުތުބާ އަކީ ގައުމީ ވަހުދަތު ދެމެހެއްޓުމުގެ މުހިއްމު އަސާސް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގޮތުން ރާއްޖޭގެ ތަތޮޅުތައް ތަރައްގީވެ ކޮންމެ އަތޮޅެއްގައި ދީނީ އިދާރާއެއް އޮވެ އެ އިދާރާއެއްގެ ބެލުމުގެ ދަށުން އެ އަތޮޅެއްގެ އަމިއްލަ ބަހުން ހުތުބާލިޔެ ތައްޔާރުކުރެވޭ ހިސާބަށް ކަންކަން ތަރައްގީވެ ހިނގައްޖެނަމަ އެބައެއްގެ އަމިއްލަ ބަހުން ހުތުބާ ލިއުމާއި ކިއުމަކީ މައްސަލައެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
72%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 7%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޝަހީމް އަށް މިހާރު ރަށުބަސް ނުވެސް އިގޭ. އެހެންވީމަ ގައުމީ ބަހޭ އެހެންއެއްޗެކޭވެސް ޝަހީމް ކިޔާނެ. ގައުމީ ބަހަކީ ކޮބައިކަން އޮޅިއްޖެ. އައްޑޫ ބަހަކީވެސް ދިވެހި ބަހެއް.

  2. ތިފަދަ ބޯދާ ވިސްނުމުގެ މީހުން މި މައްސަލައަކަށްވަނީ މިހާރު އެނގިއްޖެ މިކަލޭގެ ހެދި ރޭސިސްޓް ޕޮލިސީ އެއްކަން، މިއީ. ދިވެހި ކޮންމެ ބަހުރުވައަކީ އެ ބަހުރުވަވެސް ރައްކާތެރިކުރެވޭ މުހިއްމު ކަމަކަށްވާއިރު ވަކި ޑައިލެކްޓަކީ އެހެން ޑައިލެކްޓަށްވުރެ މޮޅު އެއްޗެއްކަމަށް ބެލުމަކީ ގޯހެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: