ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހަށް ވޭން ސަޕްލައި ކޮށްދިނުމުގައި އޮޅުވާލި ކުންފުނިތައް ސަސްޕެންޑް!

ވަޒީރުންގެ ބައްދަލުވުމުގައި ރައީސް އިބްރާހުމް މުހައްމަދު ސޯލިހު/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހަށް ވޭނެއް ސަޕްލައިކޮށްދިނުމުގައި އޮޅުވާލި 3 ކުންފުންޏެއް ފިނޭންސް މިނިސްޓްރީން ސަސްޕެންޑް ކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ސަސްޕެންޑް ކޮށްފައިވަނީ ވިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޓޮމީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޓީ އެންޑް ބީ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައީސް އޮފީހަށް ވޭނެއް ގަންނަން ހަވާލުކުރި ތިން ކުންފުނި ސަސްޕެންޑް ކުރީ އޮޅުވާލުމާއި ގަވައިދާ ހިލާފަށް އަމަލުކުރުން ފަދަ ސަބަބުތަކެއް ހުރުމުންކަމަށެވެ. މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށްފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅަނީ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީންކަމުގައިވާއިރު،ކޮމިޓީން ފިޔަވަޅު އަޅާފައިވާ ކުންފުނިތަކަށް އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ސަރުކާރުގެ އެއްވެސް މަޝްރޫއުއެއްގެ ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: