ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުވާ މަޖިލީސް ހުސްކަމެއްގެ ތެރޭގައި، ސަރުކާރުން ބޭނުމީ ފިގުހު އެކަޑަމީއެއް ގެންނަން!

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް އިފްތިތާޙް ކުރުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ގާނޫނީ ގޮތުން ޒިންމާ އޮންނަ ފަތުވާ މަޖިލީހުގެ ބަދަލުގައި، ފިގުހު އެކަޑަމީއެއް އެކުލަވާލައި އެ އެކަޑަމީ އާއި މަސްއޫލިއްޔަތު ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކޮށް އެކަމުގެ ހަރަކާތްތައް ސަރުކާރުން ކުރިޔަށް ގެންދިއުމުން ވެސް، އެކަމާއި ގުޅުވައި ފަތުވާ މަޖިލީހުގެ ބަހެއް ނުލިބުނީ އެ މަޖިލީހުގެ މެމްބަރުން ނެތުމުގެ ސަބަބުން ކޯރަމް ހަމަނުވާތީ އެވެ. ގާނޫނުގައި ބުނާ ގޮތުން ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި ހުރިހާ މެމްބަރުންގެ ވެސް ދައުރު ހަމަވެ، މިވަގުތު ހުންނެވީ ފަތުވާ ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމެވެ.

ފަތުވާ މަޖިލީސް އެކުލަވާލަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މަޖިލީހުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހަތަރު މެމްބަރަކާއި، މިނިސްޓަރުގެ ލަފާގެ މަތީން އައްޔަނު ކުރާ މެމްބަރެކެވެ.

މި މަޖިލީހަށް މެމްބަރުން އައްޔަނު ކުރުން ލަސްވާ ސަބަބާއި މެދު ނޫސްވެރިއެއް ކުރި ސުވާލަށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފަތުވާ ކޮމިޓީގެ މަސައްކަތްތައް ފިގުހު އެކަޑެމީ އާއި ހަވާލު ކުރުން ކަމަށެވެ. މިއުވާން ވިދާޅުވީ ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯގައި ފިގުހު ކޮމިޓީގެ ވާހަކަ ހިމަނާފައިވާނެ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް ދީނީ އެއްބައިވަންތަކަން ހިޔާމަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ގާނޫނަށް ބަދަލުތައް ގެނައުމަށް މާ ގިނަ ދުވަސް ނަގާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއަށް ފަހު އެކަޑެމީގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށާނެކަމަށް އެނާ ވިދާޅުވި އެވެ.

“ދެން ޕޮލިސީއަށް އަންނަ ބަދަލެއް ތޯ ފިގުހު އެކަޑަމީ އާއި ގުޅިގެން… އަޅުގަނޑުމެން މިވަގުތު މި މަސައްކަތް ކުރަނީ އެ ބަދަލު ކުރަން… މިވަގުތު ފަތުވާ މަޖިލިސް މިއޮތީ ދެން އެހެން ނަމަވެސް ސަރުކާރުގެ މެނިފެސްޓޯގައި ފިގުހު އެކަޑަމީ އެކުލަވާލާ ވާހަކަ..” މިއުވާން

މިއުވާންގެ ވާހަކައާއި އެކު އެހެން ނޫސްވެރިއަކު ވަނީ ފަތުވާ މަޖިލީހުގެ ނަން ފިގުހު އެކަޑަމީއަށް ބަދަލު ކުރަނީތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި މިއުވާން ވިދާޅުވީ ނަމާއި އެކު ސިސްޓަމަށް ވެސް ބައެއް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އާއްމުންގެ ތެރޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އެކަމާ ގުޅޭ ދީނީ ފަތުވާ ނެރުމުގެ ގާނޫނީ ޒިންމާ އޮންނަ ފަތުވާ މަޖިލީހަށް އެންމެ ފަހުން މެމްބަރުން އައްޔަނުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވި ފަހުން ފަތުވާ މަޖިލީހަށް އާ މެންބަރުން އައްޔަންކޮށްފައި ނުވެ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: