ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުން ކުނީގެ ހިދުމަތްދޭނަމަ ތިންގުނަ އިތުރުވާނެ: ވެމްކޯ

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އާއްމު ތަންތަން ސާފުކުރުމުގެ ހިދުމަތް ސިޓީ ކައުންސިލުން އަމިއްލައަށް ދޭނަމަ އެކަމަށް ކުރާ ހޭދަ ތިންގުނަ އިތުރުވާނެ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ ) އިން ބުނެފިއެވެ.

ކުނި އުކާުލުމާއި ސާފުކުރުމުގެ ހިދުމަތްދޭ މައި ކުންފުނި ވެމްކޯގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް އާއްމުކޮށްފައިވަނީ މާލެ ސަރަހައްދުގެ ކުނި ނެގުމަށް އެ ކޯޕަރޭޝަނާއެކު މާލެސިޓީ އިން ހެދި އެއްބަސްވުން އާނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން ވެމްކޯއާ ހަވާލުކޮށްގެން ކުނި ނަގާނަމަ ހަރަދު ބޮޑުކަމަށާއި އަމިއްލައަށް ކުރުމުން މިހާރު ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މި ނިންމުމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު ބަޔާނުގައި ބުނީ ސިޓީ ކައުންސިލުން އެގޮތަށް ނިންމައި ވާހަދައްކައިފައިވަނީ އާއްމުންގެ ހިތުގައި މުތަނަވަސްކަން އުފެދޭފަދަ ގޮތަކަށް ކަމަށާއި އެއީ އަސްލާ ޙިލާފު ވާހަކަތަކެއް ކަމަށެވެ.

ވެމްކޯއިން ބުނީ އެއްބަސްވުމުގެ ދަށުން ކައުންސިލުން މަހަކު 2.5 މިލިއަން ރުފިޔާ ދޭން ޖެހޭއިރު އަމިއްލައަށް އެ މަސައްކަތް ކުރުމުން 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކޮށްފައިވަނީ ބައެއް ކަންކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެގޮތުން މުވައްޒަފުން ބަލަހައްޓަން 12 މިލިއަން އަހަރަކަށް ހުށަހަޅާފައިވާއިރު އެހެނިހެން ހަރަދުތައް ކަމުގައިވާ ވެހިކަލް މަރާމާތު ކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަން ޖެހޭ ބޮޑެތި ހަރަދުތަކަށް ރިއާޔަތް ކޮށްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން 100 މުވައްޒަފުން ބޭނުން ކޮށްގެން މާލެ ސިޓީގެ ހުރޮހާ ސަރަހައްދެއް ސާފު ކުރެވޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެމްކޯއިމް ބުންޏެވެ.

ވެމްކޯގައި މަސައްކަތް ކުރަނީ ހުސް ދިވެހި މުވައްޒަފުންނެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ މި ނިންމުމާގުޅިގެން ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެތައް ދިވެހިންގެ ވަޒީފާއާމެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މާލެ ސިޓީ ކައުންސިލްގައި މުނިސިޕަލް ހިދުމަތް ފޯރުކޮށްދެނީ ބިދޭސީންނެވެ.

ވެމްކޯހެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވަސީލަތްތައް ހާއްސަ ކޮށްފައިވަނީ އާބާދީ ބޮޑު މާލެ ސަރަހައްދަށްކަން ފާހަގަކޮށް ވެމްކޯއިން ބުނީ މާލެ ސޓީ ކައުންސލުން މި މަސައްކަތް ކުރުމަށް ހުށައަޅާފައިވާ އުޅަނދުތައް ބޭނުންކޮށްގން ޚދުމަތް ދޭކަމުގައ ވާނަމަ، މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުފުލުމަށް ހޭދަކުރަންޖހޭނެ ކަމަށެވެ.

މި ކުނި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޚދުމަތް ބޭނުންކޮށްގެން އުކާލުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. އަދި ކައުންސލުން ސީދާ ތިލަފުއްޓަށް ކުނި ގެންދާނަމަ، އެކަމަށް ކުރަންޖެހޭ ޚަރަދު ތިން ގުނަ އިތުރުވެގެންދާނެ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ސޔާސީ ބޭނުމަކަށް ވެމްކޯގެ ޚދުމަތުގެ ހަޤީގަތް އޮޅޭނެ ފަދަ އިބާރާތުން، އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކުންފުންޏެއްގެ ނަން ކިލަނބުވާނެ ފަދަ މޭރުމަކުން މިއަދު ދެއްކި ވާހަކަތައް ވެމްކޯއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: