ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިދާތާ އިމްރާނަށް: މިވަރު ސަރުކާރަކާއި ކީރިތި ރަސޫލާ އާއި އަޅާ ކިޔުން ބަލައެއް ނުގަނެވޭ!

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ކުރީގެ ޖެންޑާ މިނިސްޓާ ޝިދާތާ ޝަރީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމާއި ރަސޫލާ ކުރެއްވި ވެރިކަމާއި އެއްފަދަ ކުރުމުން ކުރީގެ ޖެންޑާ ޝިދާތާ ޝަރީފް އިމްރާނަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝިދާތާ މިފަދައިން ވިދާޅުވީ ލ ގަމުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ފެށި “ވިއަވަތި” ރާއްޖެ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި އިމްރާން ދެއްކެވި ވާހަކައަށް ރައްދުދެއްވައެވެ.

އިމްރާން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސް ސާލިހު އީމާންވެލައްވާ ގޮތްކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން އިމްރާން ވަނީ ރައީސް ސާލިހަށް ތައުރީފުކުރައްވާފައެވެ.

ޝިދާތާގެ ޓުވީޓުގައި އިމްރާންއަށް ރައްދުދެއްވާ ވިދާޅުވީ ދައުލަތް ހިންގުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ކޮރަޕްޝަނާއި ފަސާދަ އާއި ބަދުއަޚުލާޤީ އެތައް ކަމެއް ހިންގާއިރުވެސް ސަރުކާރުގެ އިހުމާލުން އެފަދަ ކަންކަން ނުބެލިވާ މަންޒަރުކަމަށެވެ. ޝިދާތާ އިމްރާންއަށް ވިދާޅުވެފައިވަނީ މިވަރު ސަރުކާރަކާއި ކީރިތި ރަސޫލާ ﷺ އާއި އަޅާ ކިޔުން ބަލައެއް ނުގަނެވޭކަމަށެވެ.

އިމްރާން މިފަދައިން ވާހަކަދެއްކެވުމާއި ގުޅިގެން އޭނާއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު، ގިނަ ފަރާތްތަކުން ފާހަގަކުރަމުން އަންނަނީ އިމްރާންއަކީ މަގާމުގެ ދިފާއުގައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަވާނެފަދަ ބޭފުޅެއްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: