ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ރަށެއްގައި ދައްކާ ކޮންމެ ވާހަކައަކީ ވާ ވައުދެއް ނޫން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯޑިއަމްތަކަށް އަރާ ދައްކާ ކޮންމެ ވާހަކައަކީ، ވައުދެއްނޫންކަމަށާއި ވައުދަކަށް ވާނީ، އެކަމެއް މެނިފެސްޓޯގައި ހިމެނޭނަމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ހަތަރު އަހަރު ވާން ގާތްވެފައިވާއިރު، އެންމެ ބޮޑަށް ދެކެވެނީ ވައުދުތައް ނުފުއްދޭކަމަށާއި، އެޖެންޑާ19 ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ. ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން އަދި ތަފާތު އެކި ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގައި ރައީސް ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި ބައެއް ވައުދުތައް ވަމުންނެވެ. އަދި އެކަމަށް އިދިކޮޅުގެ ފާޑުކިއުންތައް ވެސް އަމާޒުވެ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ފަހަކަށް އައިސް ދާއިރާގެ ބައެއް މަޝްރޫއުތައް ވައުދާއި އެއްގޮތަށް ފެށިފައި ނުވާތީ މައްސަލަ މަޖިލީހަށް ހުށަހަޅަމުންނެވެ. އަދި ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމުން، މެމްބަރުން އެންމެ ގިނައިން އަމާޒު ކުރާ ސުވަލަކީ ވެސް އެއީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ހާޒިރުކުރުމުން، މެމްބަރުން ވަނީ ދާއިރާގެ ބައެއް ވައުދުތައް ނުފުއްދެނީ ކިއްވެގެން ތޯ އާއި މަޝްރޫއުތައް ފެށޭނެ ތާރީހެއް ދިނުމަށް އެދިފަ އެވެ. މެމްބަރުންގެ މި ސުވާލުތަކާއި އެކު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، މެންބަރުން ވާހަކަދައްކަވަމުންް ވަރަށް ގިނަ ކަންތައްތައް ހުށަހަޅާއިރު އެއީ ރިޔާސީ ވައުދެއްކަމަށް ވިދާޅުވާކަން ފާހަގަކުރެވޭކަމަށެވެ. ނަމަވެސް ހަޤީގަތުގައި ވައުދުތަކަކީ ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ކަމަށާއި ރަށްރަށަށް ގޮސް ވިދާޅުވާ ވާޙަކަ ފުޅުތަކަކީ ވައުދެއްނޫނަކަމަށް ވިދާޅުވިއެވެ.

“އިއްޒަތްތެރި މެންބަރުން ވިދާޅުވޭ އެވެނި ރަށަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވިއޭ. އެއީ ވައުދެއްކަމަށް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅޫގަނޑުމެން ބަލަން މި ޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު“ ނަޝީދު

މީގެ އިތުރުން، ރައީސުލް ޖުމަހޫރިއްޔާ ދައްކަވާ ކޮންމެ ވާޙަކައެއް ވައުދެއްކަމުގައި ދެކިގެން މެންބަރުން ވާހަކަދެއްކުމަކީ އެއްވެސް ގޮތެއްގައި ރަނގަޅު ކަމެއް ނޫންކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފައެވެ.

މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމަކީ ވައުދުތައް ކަމުގައި ނަޝީދުވިދާޅުވެފައިވާ އިރު މި ސަރުކާރުގެ މެނިފެސްޓޯ، އެޖެންޑާ 19 ގެ ގިނަ ވައުފދުތައް ނުފުއްދޭކަން ރައްޔިތުން ދަނީ ފާހަގަކޮށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: