ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުވާލަން ބޭނުންވާ ފަތުވާ މަޖިލީހަށް މެންބަރުން އައްޔަންކުރުން ލަސްވާ މައްސަލަ ބަލައިގެންފި

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުވާ މަޖިލީސް އުވާލާ، ފިޤުހު އެކަޑެމީއެއް ގެނައުމަށް ސަރުކާރުން ބޭނުންވެފައިވަނިކޮށް، އިސްލާމީ ފަތުވާދޭ މަޖިލީހަށް މެންބަރުން އައްޔަންކުރުން ލަސްވާޚަމަށްބުނެ މަޖިޅީހަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހަޅާދެއްވަމުން، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ދީނީ ކަންކަމުގައި ރާއްޖޭގައި ހިޔާލުތަފާތުވުންތައް އުފެދި އެކަންތައްތައް ބޮޑެތި މައްސަލަތަކަށް ވަމުން އަންނަ ކަމަށާއި އެފަދަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ނިރުބަވެރި އަމަލުތައް ހިންގަމުން ދާއިރުވެސް ފަތުވާ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާ ކަމަށެވެ.

މި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ނިންމާފައިވަނީ، ވޯޓުގައި ބައިވެރިވި 31 މެނަބަރުންގެ ތެރެއިން 27 މެންބަރުންގެ އަޤްލަބިއްޔަތާ އެކުގައެވެ.

މީގެ އިތުރުން، މި މައްސަލަަ މަޖިލީހުން ބަލއިގަތުމަށް ނިންމުމާއެކު މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެންބަރު އާދަމް ޝަރީފްވަނީ މައްސަލަ ބަލައިގަތުމަށް ތާއީދު ކުރެއްވީތީ އެމްޑީޕީ މެންބަރުންނަށް ޝުކުރުވެސް އަދާކޮށްފައެވެ.

ފަތުވާ މަޖިލީސް އެކުލަވާލަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މަޖިލީހުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހަތަރު މެމްބަރަކާއި، މިނިސްޓަރުގެ ލަފާގެ މަތީން އައްޔަނު ކުރާ މެމްބަރެކެވެ.

ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނު ކުރުން ލަސްވާ ސަބަބާއި މެދު މީގެ ކުރިން ނޫސްވެރިއެއް ކުރި ސުވާލަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފަތުވާ ކޮމިޓީގެ މަސައްކަތްތައް ފިގުހު އެކަޑެމީ އާއި ހަވާލު ކުރުން ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް ދީނީ އެއްބައިވަންތަކަން ހިޔާމަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުންގެ ދައުރު މިހާރުވަނީ ނިމިފައެވެ. އަދި ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: