ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިނޭންޝަލް ކޮންޓްރޯލާގެ މަޤާމުން ރަޒީނާ އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުރި ފާތުމަތު ރަޒީނާ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

”ސަންގު” ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޒީނާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވުވުމަށް ފުރާވަޑައިގަންނަވާތީ އެވެ. ރަޒީނާ ޕީއެޗްޑީ ހައްދަވަނީ ފައިނޭންސްއާއި އެކައުންޓިންގެ ދާއިރާއިންނެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ ޒިންމާ އަކީ ދައުލަތުގެ ޓްރެޝަރީ އަދި ޕަބްލިކް އެކައުންޓްސް ބެލެހެއްޓުމެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ހިސާބުތައް ބެލެހެއްޓުމާއެކު ދައުލަތަށް ލިބެންވާ ފައިސާ ހޯދާނެ ނިޒާމެއް ވެސް ފައިނޭންޝަލް ކޮންރޯލަރު ގާއިމް ކުރަން ޖެހޭނެއެވެ.

ފައިނޭންސް ކޮންޓްރޯލަރުގެ މަގާމަށް ރަޒީނާ އައްޔަންކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.އެއީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގައެވެ. ރަޒީނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: