ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 31 ގައި މަޖިލީހަށް ބަޖެޓް ހުށަހަޅަނީ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޜް އަހުމަދު އަމީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިންމާ، މި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫޢުތަކާއި މަޝްވަރާތަކާއި ގުޅޭގޮތުން ކަމަށެވެ.

އެކަންކަން ފައިނަލްކުރުމުގެ މަސައްކަތުގެ އިތުރުން ބަޖެޓުގައި އަންނަ އަހަރު އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ފިސިކަލް ސްޓްރެޓަޖީ އާއި އެއްގޮތަށް ބަޖެޓު ކޮންސޮލިޑޭޓުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ، އަދި މިހާރު ހުރިހާ އޮފީސްތަކަކާއި ބައްދަލުކޮށް، އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށްވެސް ނިމިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވެދިޔަ އހަރުގެ ބަޖެޓަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ބަޖެޓު ކުރި އަދަދަށް ވުރެ ބޮޑު އަދަދެއް ކެޕިޓަލް ކޮންޓްރިބިއުޝަންސްގެ ގޮތުގައި ކުންފުނިތަކަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެކި މަޝްރޫއުތަކާއި އެކި އެކި ކަންކަމަށް ސަރުކާރުން ވަނީ 73 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް އިތުރުކޮށްފައެވެ.

ބަޖެޓު ކަނޑައަޅާފައިވީ ނަމަވެސް ސަރުކާރުގެ ހަަރަދުތައް ބޮޑުކަމަށް ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދައްވަމުން އަންނަކަމަށް ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: