ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު ރައީސް ޔާމީނަށް އެތައް އުނދަގުލެއް ކުރިއިރު ވެސް އިސްކަން ދެއްވީ ރާއްޖޭގެ ތަރައްގީއަށް: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެރައީސް  އަބްދުﷲ ޔާމީންގެ ތަފާތަކަށްވީ ދައްޗާއި ވޭނާއި އެތެރެއިންނާއި ބޭރުން އެމަނިކުފާނަށް ދުއްތުރާ ކުރި ކުރު ފަސްއަހަރެއްގައި ބޮޑުތަނުން ރާއްޖެ ބަދަލުކޮށްލުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި މަވެސް ޕީޕީއެމްގެ ނަމުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައްޔާއި އަދި މިއަދުވެސް އެމަނިކުފާނު ހަނގުރާމަކުރައްވަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ ކަމަށް ވިދާޅުވިކަމަށެވެ.

ސައީދު ވިދާޅުވީ މިސަރުކާރުން 564 މިލިއަން ރުފިޔާ ވަނީ ކުދިވިޔަފާރިތަކަށް ކޮންޓްރެކްޓަރުންނަށް އުޖޫރައަށް މަަސައްކަތްކުރާ މީހުންނަށް  ދަރާފައިކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީން ކުރައްވާ ހަނގުރާމަ އަކީ އެކަމާއި ދެކޮޅަށް ކުރައްވާ މަސައްކަތް ކަމަށެވެ.

އެގޮތުން އިންޑިއާގެ އަޅުވެތިކަމުގައި ރާއްޖެ އޮވެގެން ނުވާނެ ކަމަށާއި އަދި އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ރާއްޖެ އޮވެގެން ނުވާނެ ކަމަށާއި އެގައުމަކީ ޗައިނާ ކަމުގައި ވީ ނަމަވެސް އަޅުވެތިކަމުގެ ދަށުގައި ރާއްޖެ އޮވެގެން ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އިންޑިއާއިން މަސައްކަތް ކުރަނީ ދިވެހިންގެ އުއްމީދު ފަޅާލާ އަޅުވެތި ކުރަން ކަމަށް ސައީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރުގެ ޕްލޭން މިހާރަކަށް އައިސް މާ މަޝްހޫރުވެގެން ގޮސްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރުއޮތީ މާ މޮޅު ޕްލޭނެއް ކަމަށް ސައީދު ވިދާޅުވިއެވެ.

2008 ގައި ރާއްޖެ ތަރައްގީ އަށް އޮތް ޕްލޭނަކީ ރައްޔިތުންގެ ކުންފުނިތައް ވިއްކާލުން ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ދިރާގާއި ފެންކުންފުންޏާއި އެއަރޕޯޓް ޖީއެމްއާރަށް ވިއްކާލީ ކުރީގެ ރައީސް  މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: