ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރަކަށް ވާ މީހަކީ ޝަރީއަތާއި ގާނޫނު ދަންނަ މީހަކަށް ވުން މުހިންމު: ޑރ ޝަހީމް

ޑރ ޝަހީމް އަލި ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރަކަށް ވާ މީހަކީ ޝަރީއަތާއި ގާނޫނު ދަންނަ މީހަކަށް ވުމަކީ ރާއްޖެ ފަދަ ގައުމަކަށް ވަރަށް މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާނޫނު ތަކުގެ އެންމެ މުހިއްމު މަސްދަރަކީ އިސްލާމް ދީނުގެ އަސްލުތައް ކަމަށެވެ.

 

ޑރ ޝަހީމް އިތުރަށް ވިދާޅުވީ ފަނޑިޔާރަކަށް ވާނަމަ ހަމައެކަނި ގާނޫނުން ޑިގްރީ ހަދާފައިތިބޭ ޝަރީއާ އިން ދަށްވެގެން ޑިޕްލޮމާ އެއް އޮންނަ ގޮތަށް އަދި ހަމަ އެކަނި  ޝަރީއަތް ކިޔަވާފަ ތިބޭ ފަރާތްތައް ގާނޫނުން ދަށްވެގެން ޑިޕްލޮމާއެއް އޮތުން ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ،

ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާހު ތަކުގެ ތެރޭގައި ދަށު ކޯޓް ތަކުގެ އިސްލާހުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތެއްނަމަ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ މާއްދާ އިސްލާހުކުރުމުގައި އެ މާއްދާގެ (ރ) ގެ (3) ވަނަ ނަމްބަރު އެހެން އޮތްކަމުގައިވީނަމަވެސް، ދަށު ކޯޓްތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކު، އެއިން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާނަމަ އޭނާ އަކީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއް ކަމުގައި ބަލަންވާނެއެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ނ) އަށް އިސްލާހުގެނައުމުގައި 26 ވަނަ މާއްދާގެ ގެ (ށ) ގައި އެހެން އޮތްކަމުގައިވީނަމަވެސް މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 70 އަހަރު ފުރުމުން، އެމީހަކަށް ލިބިދޭނީ އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ)ގެ ދަށުން އުމުރުން 70 އަހަރު ފުރުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައެޅޭ އިނާޔަތްތަކެވެ. އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ދަށުން ފަނޑިޔާރެއްގެ އުމުރުން 65 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، އެ ފަނޑިޔާރަކަށް ލިބިދޭ އިނާޔަތްތަކަށްވުރެ މި މާއްދާގެ ދަށުން ލިބިދެވޭ އިމްތިޔާޒުތަކާއި އިނާޔާތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 65 އަހަރުވުމުން، އެމީހަކަށް ލިބިދޭނީ މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަނޑައެޅޭ އިނާޔަތްތަކެވެ.

ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމެއް ހަމަޖައްސައި ގާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

ފަނޑިޔާރުންނަށް ދޭ އެލަވަންސްތަކުގެ ތެރެއިން ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައެޅުން ވެސް ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅުނު އިސްހާލުގައި ހިމަނާފައިވެއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: