ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާއި ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން، އާޒިމާ ވިދާޅުވީ ބަލައިނުގެނެވޭނެކަމަށް!

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑާރ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތަށް، އެމަނިކުފާނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި އާޒިމާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައުލަތުން ހުށަހަޅައިފި އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، އިތުރަށް ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށް އާޒިމާގެ ފަރާތުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ހަތަރު އަހަރުވެފައިވާއިރު މިހާރު ކުރިއަށް ދަނީ ޝަރީޢަތުގެ މަރުހަލާ ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ ހެޅުންތައް ހުށަހެޅުމުގެ މަރުހަލާއެވެ. އެގޮތުން ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ޝަފައީ ހެކީގެ ގޮތުގައި އާޒިމާއާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ވަނީ ރައީސް ޔާމީންގެ އިތުރުން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

މައްސަލައިގައި އާޒިމާގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، މިއަދު އޮތީ އެ ހުށަހެޅުންތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. މީގެ ކުރިން ވެސް ކޯޓުގައި ދެއްކެވި ވާހަކަތައް ތަކުރާރުކޮށް އާޒިމާ ވިދާޅުވީ ޝަރީއަތް ކުރުމާއި ބެހޭ އިޖުރާއަތުގެ ގަވައިދުގައި ލިޔުންތައް ހުށަހަޅަން މުއްދަތެއް އޮތް ނަމަވެސް ދައުލަތުން ލިއުމުން ޖަވާބު ހުށަހެޅީ ދެ ދުވަސް ފާއިތުވީ މުއްދަތު ހަމަވީފަހުން ކަމަށެވެ. އެހެންކަމުން އެ ލިއުންތައް ކޯޓަށް ބަލައިނުގަނެވޭނެކަން އާޒިމާގެ ފަރާތުން ފާހަގަކުރެއްވި އެވެ.

ޝަރީއަތުގައި ގާޒީ ނިންމެވީ، ދައުލަތުން ޖަވާބު ހުށަހެޅީ ގަވއައިދުގައި ބުނާ މުއްދަތު ހަމަވީފަހުން ކަމަށެވެ.

އާޒިމާ ޝަރީއަތުގައި ވިދާޅުވީ ރައީސް ޔަމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އޭނާގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެއީ ކުށް ކުރިކަމަށް ބުނާ މީހާގެ މައްޗަށް ކުށް ސާބިތު ނުވަނީސް އެކަމުގައި ބައިވެރިވިކަމަށް ބުނާ މީހާގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެތީކަމަށް އޭނާގެ ފަރާތުން ފާހަގަކުރެއްވި އެވެ.

ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ހެކިންތައް ބަލައިނުގަނެވޭނެކަމަށް ވެސް އާޒިމާ ފާހަގަކުރެއްވި އެވެ. އާޒިމާ ވިދާޅުވީ ރައީސް ޔާމީނަކީ އަސްލު ކުށް ކުރިމީހާކަމަށް ދައުލަތުން ބުނާއިރު އެގޮތަށް ދެކޮޅަށް ހެކިބަސް ނުދެވޭނެކަމަށެވެ. ލުތުފީގެ ހެކި ބަސް ބަލައިނުގަނެވޭނެ ސަބަބެއްކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތަހުގީގެއް ހިންގާފައިވާ މީހަކަށް ވުމާއި އަދި ރާއްޖެ ދޫކޮށް ގޮސްފައިވާތީ އެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ ޝަރީފަކީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދިން ބޭފުޅެއްކަމަށާއި އެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: