ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީރު ތަކުރާރު ކުރީ އެއް ވާހަކައެއް، ދަރަނި ނުދެއްކިދާނެކަމުގެ ބިރެއް ނެތް!

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށާއި، ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތު ވަރަށް ތަފްޞީލީގޮތެއްގައި ބަޔާންކޮށްދެއްވައި، އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަމީރު ވަނީ، ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތު ވެސް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށްވެސް މިނިސްޓަރ އަމީރު އަލިއަޅުއްވާލެއްވި އެވެ.

މިގޮތުން މިއަދު ފިޗްއިން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑަށް ފަހުގައި ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަދަދަކީ، ކުރިންވެސް އަންދާޒާކޮށްފައިވާ އަދަދުކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: